Ooredoo
Ooredoo

ރޯދަ ޢުމްރާއަށް ދާ މީހުންނަށް ޑެބިޓްް ކާޑަށް 1500 ޑޮލަރު ދީފި

ޙައްޖުވެރިންތަކެއް ފުރަން އެއާޕޯޓުގައި: މިއަދު 298 ޙައްޖުވެރިން ވަނީ ސައުދީއަށް ފުރާފައި -- ފައިލް ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި އަންނަ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އުމްރާއަށް ދާ އެންމެހާ ބީއެމްއެލް ކަސްޓަމަރުންގެ ޑެބިޓް ކާޑަށް 1،500 ޑޮލަރު ލިމިޓް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.

Ooredoo

ބީއެމްއެލްއިން ބުނީ ކާޑަށް ދޫކުރާ މި ލިމިޓް ބޭނުންކުރެވޭނީ ހަމައެކަނި ސައުދީ އަރަބިއާގައި ކަމަށާއި އެ ލިމިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަސްޓަމަރަކަށް ވެސް އެއް ޑެބިޓް ކާޑަށް ކަމަށެވެ.

އުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ އުމްރާވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން އުމްރާ ގްރޫޕްތަކުން މި ކަމުގައި އަމަލު ކުރަންވީ ގޮތުގެ ތަފްސީލުތައް ބޭންކުން ވަނީ އުމްރާ ގްރޫޕްތަކާ ހިއްސާކޮށްފައިކަމަށާއި އެހެންކަމުން އުމްރާ ގްރޫޕްތައް މެދުވެރިކޮށް އުމްރާއަށް ދާ މީހުން އެ ގްރޫޕަކާ ގުޅުމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

އުމްރާ ގްރޫޕެއްގައި ނުހިމެނި ވަކިން ދަތުރުކުރާ އުމްރާވެރިން، ފުރުމުގެ ފަސް ދުވަސް ކުރިން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީ އާއި ޓިކެޓް ކޮޕީ ފޮނުވުމުން ޑޮލަރުގެ ލިމިޓް ހަމަޖައްސައިދޭނެއެވެ.

ބީއެމްއެލްއިން ބުނީ ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1،500 ޔޫއެސް ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރު ވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓް ލިބޭނެކަމަށެވެ. އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ އުމްރާ ވެރިންނަށް ވެސް މިހާރެކޭ އެއްގޮތަށް 500 ޑޮލަރު ބޭންކުން ވިއްކާނެ ކަމަށެވެ.

ރަމަޟާން މަހު އުމްރާގެ އަޅުކަން އަދައިކުރަން ސައުދީއަށް ދާ ދިވެހީންގެ ބީއެމްއެލް ޑެބިޓް ކާޑު ލިމިޓަށް 1500 ޑޮލަރު އިތުުރުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެކުރިން ކަމާ ގުޅޭ އިދާރާތަކަށް ވަނީ އަންގަަވައިފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ ފަދައިން އެންގެވީ ރޯދަމަހު އުމްރާއަށްދާ ދިވެހީންނަށް ބޭންކް ރޭޓުގައި ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ.

Redstar
comment ކޮމެންޓް

comment ރަހީމާ

1 month 1 week ago

ރޯދަ އުމްރާއަށްދާމީހުންދަނީ ގްރޫޕްތައް މެދުވެރިކޮށް ހުރުމާއި ކެއުމާއި ދަތުރުފަތުރުގެ ހުރިހާ ޚަރަދެއް ހިމެނިގެން. ދެން 1500ޑޮލަރު ކާޑަށް ޖަމާކުރަންޖެހޭ ސަބަބެއް އެބައޮތްތަ. އުމްރާއަށްދަނީ ބާޒާރުކުރަންތަ؟ ތިޔަށްވުރެ މާރަނގަޅުވާނެ ބޮޑެތި ބަލިތަކުގައި ބޭސްފަރުވާކުރާ މީހުންނަށް އާސަންދައިގެ އިތުރުން ތިފުރުޞަތުދިނިއްޔާ.