އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްކަމަށް އައްޔަންކުރައްވަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ފަހުން ފޮނުއްވި ނަންފުޅުކަމަށްވާ އަބްދުﷲ ނާޝިދު، އެ މަގާމަށް އައްޔަންކުރަން މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މިއަދު ވޯޓަށް އެހުމާއެކު 69 މެންބަރުން ވަނީ އޭނާއަށް ރުހުން ދޭން ފެންނަކަމަށް ވޯޓު ދީފައެވެ.
އޭސީސީގެ ނައިބަކަށް އައްޔަންކުރައްވަން ކުރިން ރައީސް ފޮނުއްވީ މއ. ގޯލްޑަންމޫން، އަޙްމަދު ނާޝިދުގެ ނަމެވެ. ނަމަވެސް، ރައީސް ވަނީ މިދިޔަ ހަފުތާގައި ނަން ބަދަލުކުރައްވައި، މަޖިލީހަށް ސިޓީއެއް ފޮނުއްވައިފައެވެ.
އެގޮތުން، އޭސީސީގެ ނައިބަކަށް ރ. އަލިފުށީ، ފަސާނާ، އަބްދުﷲ ނާޝިދު އައްޔަން ކުރައްވަން އެ ސިޓީގައި އެ މަނިކުފާނު ވަނީ ހުށަހެޅުއްވިއެވެ.
މިހާރު އޭސީސީގައި ތިއްބަވަނީ ރައީސް އާދަމް ޝާމިލާއި ޝިޔާމާ މުޙައްމަދާއި ޝަޒްނާ ހާޝިމާއި އަބްދުﷲ ނާޝިދުގެ އިތުރަށް އަޙުމަދު ނާޝިދެވެ.