5 ގައުމަކަށް ނޮން ރެޒިޑެންޓު ސަފީރުން އައްޔަންކުރަން ހުށަޅައިފި

(ކ-ވ) ލުވޭޒް، އިރުތިޝާމް، ގީލާ، ޑރ. ޝަބީނާ --

އިތުރު ފަސް ގައުމަކަށް ނޮން ރެޒިޑެންޓު ސަފީރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނަން ހުށަހަޅުއްވައިފިއެވެ.

މިއަދު ޖަލްސާގައި ރައީސް ފޮނުއްވި ސިޓީފުޅު ވަނީ އިއްވައިފައެވެ.

  1. ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅައިފައިވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހްމަދު، ބުރުނާއީއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް
  2. ރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅައިފައިވާ ސަފީރު ގީލާ އަލީ، ނެދަލޭންޑްސްއާއި ލަގްޒަމްބާގްއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް
  3. ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅައިފައިވާ ސަފީރު، އިރުތިޝާމް އާދަމް، ފްރާންސަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް
  4. ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅައިފައިވާ ސަފީރު މުހައްމަދު ލުވޭޒު، އޮސްޓްރޭލިއާއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް

އެއާއެކު އެ ނަންތައް ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ނިމިދިޔަ ހަފުތާގައި ވެސް ގިނަ އަދަދެއްގެ ބައިނަލްއަގްވާމީ އިދާރާތަކަށް ޚާއްސަވާ މަންދޫބުން އައްޔަންކުރުމަށް ނަން ހުށަހަޅައި ދިރާސާކުރުމަށް ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

comment ކޮމެންޓް