ބާލީސް ބަދަލު ކުރަނީ ކިހާވަރަކަށް؟

ނިދާ ކޮޓަރީގައި ހިމެނޭ ހުރިހާ އެއްޗެއްސަކީ އާންމުގޮތެއްގައި ސާފުކޮށް ބަދަލުކޮށް ހަދާ އެއްޗެއްސެވެ. ނަމަވެސް އޭގެ ތެރެއިން އެންމެ ބަދަލު ނުކުރާ އެކައްޗަކީ ބާލީހެވެ. އެއް ތަނުން އަނެއް ތަނަށް ބަދަލު ވާއިރު ވެސް ބާލީހަކީ އަބަދު ދަމާ އެކައްޗެވެ. އެކަމު މިއީ މާ ގިނަ ދުވަސް ވަންދެއް ގެންގުޅެން ރަނގަޅު އެއްޗެއް ނޫނެވެ.

ގޮދަޑީގައި އަޅާ ބެޑްޝީޓާއި ބާލިސް އުރައަކީ އާންމުގޮތެއްގައި ބަދަލުކޮށް އުޅޭ އެއްޗެއްސެވެ. މިއީ ބައެއް ފަހަރު މަހުންމަހަށް ނުވަތަ ކޮންމެ ދެ ހަފުތާއަކުން ވެސް ބަދަލު ކުރާ އެއްޗެއްސެވެ. ނަމަވެސް މިފަދަ ސަމާލުކަމެއް ގިނަ ފަހަރަށް ބާލީހަށް ނުދެވިދާނެއެވެ. އެހެންވީމާ އެންމެ ފަހުން ބާލީސްތައް ބަދަލު ކޮށްފައިވަނީ ކޮން އިރަކު ހެއްޔެވެ؟

ގިނަ ދުވަސް ވާ ވަރަކަށް ބާލީހަކީ ހިރަފުހާއި ކުނި އަދި ހަމާއި ގައިން އުފެދޭ ދާ ގިނަ އަދަދަކަށް ހަރުލާ އެއްޗެކެވެ. އާންމުކޮށް ސާފުކޮށް ބާލީސް ނުގެންގުޅެވޭނަމަ އޭގައި މޯލްޑް އުފެދި އެކި ކަހަލަ ބެކްޓީރިއާ އުޅޭ އެއްޗަކަށް ވެސް ވެދާނެއެވެ. އެއާއެކު އޭގައި ނިދާ މީހުން އަވަސް އަވަހަށް ބަލިވާން މެދުވެރިވާނެއެވެ.

ބެޑްޝެޑް ނަމަކަށް ކިޔާ ގޮދަޑި އަދި ކޮޓަރީގެ ސާމާނާ ގުޅޭ ކުންފުންޏަކުން ހެދި ދިރާސާއަކަށް ބަލާނަމަ ބާލީހެއް އެންމެ ގިނަ ދުވަސްވަންދެއް ގެންގުޅެން ރަނގަޅީ ދެ އަހަރު ވަންދެނެވެ. އެއަށްފަހު އެ ބާލީހަކީ ގެންގުޅެން އެންމެ ރަނގަޅު އެއްޗެއް ނޫނެވެ.

ބާލީހަކީ ދޮންނަން އެންމެ ފަސޭހަ އެއްޗަށް ނުވެދާނެއެވެ. އެހެންވީމާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ބާލީސް ކޮންމެ ހަފުތާއެއްގައި އަވީލާން ރަނގަޅުވާނެއެވެ. ދޮވެވޭނަމަ މަހަކު އެއްފަހަރު ބާލީސްތައް ދޮވެލައި މެޝިނުން ހިއްކާލުން ވަރަށް ރަނގަޅުވާނެއެވެ. މިއީ ބާލީހުގައި ބެކްޓީރިއާ ޖެހުން ކުޑަކޮށްލުމަށް ކުރެވިދާނެ ކަމެކެވެ.

ބާލީހުން ވަސް ދުވާނަމަ މުޅި ބާލީހަށް ބޭކިން ސޯޑާ އެޅުމަށްފަހު ބަހައްޓާށެވެ. އަދި ދެތިން ގަޑިއިރަށް ފަހު ގޮދަޑި ރަނގަޅަށް ދޮވެލައި ނުވަތަ ވެކިއުމް ކޮށްލާށެވެ. އޭރުން ބާލީހުން ވަސް ފިލާނެއެވެ.

މަސްދަރު: ބެޑް ޝެޓް

comment ކޮމެންޓް