އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުމުގެ ތުހުމަތުގައި ދެ ފިރިހެނުން ހައްޔަރުކޮށްފި

އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުމުގެ ތުހުމަތުގައި ދެ ފިރިހެނުން ހައްޔަރުކޮށްފި --

އަންހެން ހެދުން އަޅައިގެން ވައްކަންކުރަން އުޅުމުގެ ތުހުމަތުގައި ދެ ފިރިހެނުން ރޭ ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މާލޭ މާވެޔޮމަގު ކަންމަތީ އުޅުނު ދެ ފިރިހެނަކު ސިފަ ބަދަލުކޮށްގެން ވައްކަން ކުރަން އުޅުމުގެ ތުހުމަތުގައި ރޭ 02:29 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށެވެ.

އެއީ ގދ. ވާދޫ އުމުރުން 46 އަހަރުގެ މުހައްމަދު ސަބާހާއި ނ. މިލަދޫ އުމުރުން 42 އަހަރުގެ މުހައްމަދު ނައުޝާދެވެ.

އެމީހުން ފުލުހުުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ތިބީ އަންހެން ހެދުން އަޅައިގެން ކަމަށް ފުލުހުން ބުންޏެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ވައްކަމުގެ މައްސަލައަކީ ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާ ކުށްތަކުގެ ތެރެއިން ކުށެކެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ވައްކަމުގެ 378 މައްސަލަ ހުށަހަޅާފައި ވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް