Ooredoo
Ooredoo

އިހުތިޖާޖު ކުރުމުން ޓެކްސީ ޑްރައިވަރުންނަށް ދައުވާ ކުރަނީ

ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގައި ހައިވޭގެ ޓްރެފިކު ބްލޮކްކޮށްފައި: އެ މައްސަލައިގައި 22 ޓެކްސީ ޓޯކުރި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މިދިޔަ އަހަރުގެ ޑިސެންބަރު 11ގައި ހުޅުމާލެ ނިރޮޅުމަގު، އެމްޑަބްލިޔުއެސްސީ ކައިރީ ކުރިއަށްގެންދިޔަ ޓެކްސީ ޑްރައިވަރުންގެ މުޒާހަރާއާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިއެވެ.

ADK GENERAl

ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރި މައިގަނޑު ސަބަބަކީ ސަރުކާރަށް އަހަރެއްވީ އިރު، ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ގެނެސްދީފައިނުވާ ކަމަށް ބުނެއެވެ.

ޓެކްސީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިހުތިޖާޖު ހޫނުވީ، އެ ޑްރައިވަރުންގެ ޑިމާންޑުތަކަށް ޖަވާބެއް ނުލިބި ގިނަ އިރުވެ، ހުޅުމާލެއިން ހައިވޭއަށް އެރެން އޮންނަ މަގު ޑްރައިވަރުން ނިކުމެ ބަންދުކުރުމުންނެވެ.

އެއާއެކު ވަަރަށް ބޮޑަށް ޓްރެފިކް ބްލޮކްވެ، މުޅި ސަރަހައްދު ތޮއްޖެހުމާއެކު އެރޭ ފުލުހުން އެ ސަރަހައްދުން 22 ޓެކްސީ ޓޯވެސް ކުރިއެވެ. އަދި ތިން މީހަކު ފުލުހުން ހައްޔަރު ކުރިއެވެ. އެއީ:

  • މުޙައްމަދު ޝާމިން، 39އ، މއ. ވިރާހު، މާލެ
  • އަހުމަދު ޝަބީން، 33އ، ސަންރޭ، ލ. ދަނބިދޫ
  • ނުއުމާން އަހުމަދު، 36އ، ހޮލިޑޭވިލެޖް، ހދ. ކުމުންދޫ

އޭގެ ތެރެއިން ޝާމިން އާއި ޝަބީން ފަސް ދުވަހު ބަންދުގައި ބޭތިއްބުމަށް ކޯޓުން އޭރު އަމުކުރިއެވެ. ނަމަވެސް ނުއުމާން ވަނީ ޝަރުތުތަކާއެކު ދޫކޮށްލައިފައެވެ.

https://sun.mv/200163

ޕީޖީ އޮފީހުން ބުނީ ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުގެ ބައިވެރިންތަކެއް އެ ސަރަހައްދުގެ މަގު ބަންދުކޮށް، އާންމު ދަތުރުފަތުރަށް ހުރަސްއަޅައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށެވެ.

އެ ގޮތުން އެ ސަރަހައްދުގެ އަމަން ނަގައިލަން އުޅުނު ކަމުގެ ތުހުމަތުގައި ޝާމިން، ޝަބީން އަދި ނުއުމާނުގެ މައްޗަށް ދައުވާ ކުރަން މި މަހުގެ ފަސްވަނަ ދުވަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީން ބުންޏެވެ.

ދައުވާކުރާ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

  • މި މީހުން ޓެކްސީ ކުރުމަށް ބޭނުންކުރާ ކާރުތައް ނިރޮޅުމަގުގައި ހުރަހަށް ބާއްވައިގެން އެ މަގުގެ އެއް ލޭނު ބަންދުކުރުން
  • އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އެންގުމުން އެ ކަމަށް އިންކާރުކުރުން
  • މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ މައްޗަށް އޮންނަ ޒިންމާއަށް ހުރަސް އެޅުން
  • އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ހުރަސް އެޅުން

އެ ގޮތުން މި ތިން މީހުންގެ މައްޗަށް ވެސް ކޮށްފައިވަނީ ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާ ސާބިތުވެއްޖެނަމަ، ހަތަރު މަހާއި 24 ދުވަހުގެ މުއްދަތެއްގެ ޖަލު އަދަބެއް އަންނާނެއެވެ.

ސަރުކާރުން ޓެކްސީގެ ޚިދުމަތް ދޭން ނިންމުމާ ގުޅިގެން، ޓެކްސީ ޑްރައިވަރުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޑްރައިވަރުންގެ ކަންބޮޑުވުންތައް އިންތިހާއަށް ބޮޑުވެފައި އޮއްވައި، މިދިޔަ ބުދައިގައި ވަނީ މާލެ ސަަރަހައްދުގައި ޓެކްސީގެ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

އެއީ ސަރުކާރުން ޓެކްސީގެ ޚިދުމަތް ދޭން ނޫޅޭ ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެފައިވަނިކޮށެވެ.

Redstar
comment ކޮމެންޓް

comment ފައު

2 month 3 day ago

މި ރޯދަމަހު ގެންލުންލިބޭ ޓެކްސީ ޑުރައިވަރުންގެ ބަދުދުއާ މި ސަރުކާރަށް އަމާޒުވެގެން ދިޔުން މިދަނީ ކަށަވަރުވާން.

comment ލިޔޯ

2 month 3 day ago

އިހްތިޖާޖް މިހާރު އޮޅިއްޖެ. މި މީހުން އެދުވަހު އެތަށް ސަތޭކަބަޔަކަށް އުދަގޫޖެއްސި. އިހްތިޖާޖްވެސް އެއޮންނަ ހަމަޔާ އުސޫލާ އެއްގޮތަށް ކުރިނަމަ ދައުވާއެއްނުކުރީސް. ހީވަނީ މިމީހުންނަށް ވުރެން ގަދަބަޔަކު ނޫޅޭހެން. އަވަހަށް ހުކުމްކޮށް ނިންމާ. ހުކުމް ކުރާނީ އިންސާފަށް.

comment ީިތަފްސިލް

2 month 3 day ago

މިއީ ހެޔޮ ބަދަލެއްގެ ފެށުން ކުއްކުރާ މީހުންނަށް އަދަބު ލިބެންޖެހޭ، މުޒާހަރާ ކުރުމަކީ މައްސަލަ އެއްނޫން، މުޒާހަރާ ކުރުމުގެ ތެރެއިން ރައްޔިތުންގެ އަސާސީ ހައްގުތައް ހުއްޓިގެން ނުވާނެ، އެކަމަކު ޑްރައިވަރުން ބުރިޖަށް އަރަން އޮންނަ މަގު ބަންދު ކުރީ، ކިތައް މީހުން ނަށް ގަޑިއަށް، ހޮސްޕިޓަލަށް، އެއަރ ޕޯޓަށް، ޑިއުޓީތަކަށް ނުދެވުނީ،

comment މުލޭ

2 month 3 day ago

ޚަބަރުތައް ރަނގަޅަށް ލިޔެބަލަ އޮޅުވާނުލައި. ތިޔަކީ ނޫސްވެރިކަމެއް ނޫން. ތިޔަށް ކިޔާނީ ފިތުނަ އުފެއްދުން. ދަޢުވާކުރީކީ އިޙުތިޖާޖުކޮށްގެންނެއް ނޫން. ދާަޢުވާކުރީ މާލެ ސަރަޙައްދުގެ މައިމަގު ބަންދުކޮށް ޢާންމު ދަތުރުފަތުރަަށް ހުރަސް އެޅުމުން. ކިތަންމެ ވަރަކަށް ވެސް އިޙުތިޖާޖު ކުރަންވީ. އެކަމަކު އެހެން މީހުންގެ ޙައްގުތަކަށް އަރައިގަނެގެންނުވާނެ.

reply ނިއު

2 month 3 day ago

އިހުތިޖާޖު ކުރުމަކީ މަދަނީ ބަސްނޭހުމެއް އޭގެ ޒާތުގަ. އެކަމުގައި މާރާމާރީ ނުވަތަ ވަޔޮލެންސެއް ނެތިއްޔާ މަގުތަށް ބަންދުކޮއްގެންވެސް އިހުތިޖާޖް ކުރެވޭނެ. މަގުތަށް ބަޔަކުގެ ޝަކުވާއެއް ސަރުކާރަށް އިއްވުމަށް އެއްވުމެއްގެ ސަބަބުން ބަންދުވެގެން ދިޔުމަކީ އެއީ ޑިމޮކުރަސީގެ އަމެލެއް. ގޭގައި ތިބެގެންނެއްނޫން އިހުތިޖާޖު ކުރެވެނީ، އެއީ ރައްޔިތުން ކަމަކާއި ދެކޮޅުކަން ދެއްކުމެއް.