ބޭނުން ނުކުރާ 235 އުޅަނދެއް މާލޭ މަގުމަތިން ފުލުހުން ނަގައިފި

މާލޭ މަގުމަތީގައި ބޭނުންނުކޮށް ބަހައްޓާފައި ހުރި އުޅަނދުތައް ނަގަނީ -- ފޮޓޯ/ ޕޮލިސް

ދިގު މުއްދަތަކަށް ބޭނުން ނުކޮށް މަގުމައްޗަށް ދޫކޮށްލާފައިވާ 235 އުޅަނދެއް، ފުލުހުން މިއަދު މާލޭ މަގުމަތިން ނަގައި ޓޯކޮށްފިއެވެ.

އެކްސްގައި ފުލުހުން ކުރި ޕޯސްޓެއްގައި ވަނީ ދިގު މުއްދަތަކަށް މާލޭ މަގުމަތީގައި ބޭނުންނުކޮށް ބަހައްޓާފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން މާލޭ މަގުމަތިން ޖުމްލަ 235 އުޅަނދެއް މިއަދު ޓޯކުރި ކަމަށް ފުލުުހުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ 201 ސައިކަލާއި ހަތަރުފުރޮޅުލީ 31 އުޅަނދުގެ އިތުރުން ތިން ބައިސްކަލެވެ.

މާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު ފަހުކޮޅުގައެވެ.

https://sun.mv/197314

ވެރިރަށް މާލޭގެ މަގުތަކުގެ 65 ޕަސެންޓު އަބަދު ވެސް ހިފައިފައި އޮންނަނީ ޕާކުކޮށްފައި އޮންނަ އުޅަނދުތަކުން ކަމަށާއި، މިކަމުގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓުތައް އިންތިހާއަށް އިތުރުވަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

ދާދިފަހުން ފުލުހުންނާއި އެޗްޑީސީ ގުޅިގެން ވަނީ ހުޅުމާލޭ މަގުތަކުގައި ހުރި ބާ އުޅަނދުތައް ވެސް ނަގައިފައެވެ.

comment ކޮމެންޓް