ކޯރާޑިން ހަމަލާދިން މައްސަލަ: އެކަކު ތިން ދުވަހަށް، އަނެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ކޯރާޑިއަކުން މާރާމާރީއެއް ހިންގި ދެ މީހުން ---

ހުޅުމާލޭގައި ކޯރާޑިއަކުން މީހަކަށް ހަމަލާދީ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ތިން ދުވަހަށް އަދި އަނެއް މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު އަމުރުކޮށްފިއެވެ.

ކޯރާޑިއަކުން މީހަކަށް ހަމަލާދިން މައްސަލައިގައި އިއްޔެ ހައްޔަރުކުރީ:

  • ރުސްތުމް އިބްރާހިމް، ހީނާމާގެ، ގދ. ފިޔޯރީ (25އ)
  • ސައިފްﷲ ފައިޞަލް، ފިނިފެންމާގެ، ބ. ގޮއިދޫ (19އ)

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަނދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ރުސްތުމް އިބްރާހީމް ތިން ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައެވެ. އަދި، ސައިފުﷲ ފައިސަލް ވަނީ ތަހުގީގު ނިމެންދެން އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައެވެ.

މި މާރާމާރީގައި އެކަކަށް އަނިޔާވިއިރު، އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނީ، މާރާމާރީގައި ކޯރަޑިއަކުން ހަމަލާދީފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ފިލައިގެން މާލެ ދަނިކޮށް ހުއްޓުވީ ހައިވޭ މަތިން ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ހައިވޭމަތިން ހިފަހައްޓާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

comment ކޮމެންޓް