އުރީދޫއިން ސެމްސަންގް އީސިމް ސްމާޓްވޮޗް ރާއްޖެއަށް ތައާރަފުކުރަނީ

އުރީދޫއިން ވަނީ ސެމްސަންގް އީސިމް ބޭނުންކުރާ ސްމާޓްވޮޗްތައް ރާއްޖެއަށް ތައާރަފު ކުރުމަށް ތައްޔާރުވެފައި -- ފޮޓޯ/ އުރީދޫ

އުރީދޫއިން، ސެމްސަންގް އީސިމް ބޭނުންކުރާ ސްމާޓްވޮޗްތައް ރާއްޖެއަށް ތައާރަފު ކުރުމަށް ތައްޔާރުވެއްޖެއެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ''އީސިމް ވެއާރަބަލްސް'' ޚިދުމަތެއް ތައާރަފުކޮށް، ކައިރީގައި ފޯނު ނެތަސް ސްމާޓްވޮޗުން ސީދާ ގުޅާލެވޭ ގޮތް ފަހިކޮށްދޭ ޚިދުމަތެއް ކަމަށް އުރީދޫއިން ބުނެއެވެ.

އެ ކުންފުނިން ބުނީ މި ޒަމާނީ ޓެކްނޮލޮޖީއާއެކު، ފޯނު ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ސެމްސަންގް ސްމާޓްވޮޗުން ކޯލްކޮށް، މެސެޖް ފޮނުވައި، މިއުޒިކް ސްޓްރީމްކުރުމުގެ އިތުރުން، އެންމެ ބޮޑަށް ބޭނުންވާ އެޕްލިކޭޝަންތައް ބޭނުންކުރެވޭނެ ކަމަށެވެ.

އީސިމް ޚިދުމަތާއެކު، މެދުނުކެނޑި ކަނެކްޓިވިޓީ ކަށަވަރުވެ، ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް-ހަމާދީ ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަނީ އެންމެ ފަހުގެ އީޖާދުތައް ކަސްޓަމަރުންނަށް ފޯރުކޮށްދީ، ދިރިއުޅުން އިތުރަށް ފަސޭހަކޮށްދިނުމަށް ކަމަށެވެ.

"ސެމްސަންގް އީސިމް ވެއާރަބަލްސްއާ އެކު ކަނެކްޓިވިޓީގެ އިތުރު ފުރުސަތުތައް ހުޅުވި، ކަސްޓަމަރުންނަށް ފޯނާ ނުލާވެސް ގުޅައިގެން ތިބުމަށާއި ފިޓްނަސް ޓްރެކްކޮށް، އެ މީހުންގެ ދުވާލުގެ ހަރަކާތްތައް ފަސޭހަކަމާ އެކު ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

އުރީދޫއިން ވަނީ ސެމްސަންގް އީސިމް ބޭނުންކުރާ ސްމާޓްވޮޗްތައް ރާއްޖެއަށް ތައާރަފު ކުރުމަށް ތައްޔާރުވެފައި -- ފޮޓޯ/ އުރީދޫ

އެ ޚިދުމަތާ ގުޅޭ ގޮތުން ސެމްސަންގް ސްރީލަންކާ އެންޑް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވީ ސެމްސަންގްއަކީ ޒަމާނީ ވެއާބަލް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ޚާއްސަވެފައިވާ ކުންފުންޏެއް ކަމަށާއި އެ ޓެކްނޮލޮޖީގެ ސަބަބުން ކަސްޓަމަރުންގެ ދިރިއުޅުން ފަސޭހަކޮށްދޭނެ ކަމަށެވެ.

"އުރީދޫ މޯލްޑިވްސްއާ ގުޅިގެން، އަޅުގަނޑުމެންގެ ސްމާޓްވޮޗްތަކުގައި އީސިމްގެ ފަންކްޝަނަލިޓީ ތަޢާރަފުކޮށް، ކަސްޓަމަރުން ކޮންމެ ވަގުތަކު ވެސް، ކޮންމެ ތަނެއްގައި ވެސް، ފޯނު ބޭނުން ގުޅާލެވިފައި ތިބުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ނުކޮށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވިއެވެ.

އުރީދޫއިން ބުނި ގޮތުގައި ސެމްސަންގް އީސިމް ވެއާރަބަލްސްގެ ޚިދުމަތް ކަސްޓަމަރުންނަށް އަންނަ މަހުގެ ތެރޭގައި ލިބޭނެއެވެ. އެގޮތުން މިހާރު ބޭނުންކުރާ މޯބައިލް ނަންބަރާއެކު ސްމާޓްވޮޗް އެކްޓިވޭޓް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ޚިދުމަތާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާނު ކުރާނެ ކަމަށް އުރީދޫއިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް