މެރިން ސައިންސްގެ ދާއިރާއަށް 40 އަށްވުރެ ގިނަ އަހަރު ޚިދުމަތްކޮށްދެއްވި ޝަކީލް އަވަހާރަވެއްޖެ

މަސްވެރިކަމާ ގުޅޭ ދިރާސާތަކަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ހަސަން ޝަކީލް ނިޔާވެއްޖެ-- ފޮޓޯ/

ރާއްޖޭގެ މަސްވެރިކަމާ ގުޅޭ ދިރާސާތަކަށް 40 އަަހަރަށްވުރެ ދިގު މުއްދަތަކަށް މުހިންމު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ހަސަން ޝަކީލް މިއަދު އަވަހާރަވެއްޖެއެވެ.

ކުއްލި ގޮތަކަށް ޝަކީލް މިއަދު އަވަހާރަވީ އުމުރުން 64 އަހަރުގައެވެ.

ޝަކީލަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް އާލާކުރުމުގެ މަސައްކަތް ކުރީގެ މެރިން ރިސާޗް ސެކްޝަންގައި ފުރަތަމަ ފެށިގެން ދިޔައިރު އެ ކަމުގެ އިސް މޭސްތެރިޔާއެވެ.

އެއާއެކު އެ ދާއިރާއިން ދިރާސީ ގިނަ މަސައްކަތްތަކެއް ޝަކީލް ވަނީ ކުރައްވައިފައެވެ. 40 އަަށްވުރެ ގިނަ އަހަރު މި ދާއިރާގައި ޚިދުމަތްކުރެއްވިއިރު އޭނާ ވަނީ މެރިން ސައިންސްގެ ދާއިރާއިން ދިވެހިން ނެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ.

އަދި ގިނަ މުވައްޒަފުންތަކެއް އެ ދާއިރާއިން ވަނީ ތަމަރީނު ވެސް ކޮށްދެއްވައިފައެވެ.

ޝަކީލްގެ ޖަނާޒާ އޮންނާނީ މައްޗަންގޮޅި އާސަހަރާގައެވެ. ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

comment ކޮމެންޓް