Dhiraagu
Ooredoo

މިއަދުގެ ބައި-އިލެކްޝަންގައި ޕީއެންސީން ހޯދި ކާމިޔާބީއަށް ރައީސްގެ މަރުހަބާ!

ރައީސް ޑރ. މުޙައްމަދު މުއިއްޒު: -- ފޮޓޯ: ރައީސް އޮފީސް

ބާރަ ރަށެއްގެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަނުގައި ވާދަކޮށް ސަރުކާރު ހިއްސާވާ ޕާޓީ ޕީއެންސީން ހޯދި ކާމިޔާބީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.

ADK GENERAl

މިއަދުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ދެ ރަށެއްގެ ކައުންސިލް މެންބަރުން ހޮވުމަށާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށެވެ. އެއީ:

  • ހދ. މަކުނުދޫ ކައުންސިލް މެންބަރު
  • ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި
  • ހދ. ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ނ. ފޮއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ރ. އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ބ. ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • އދ. ހަންޏާމީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ދ. ހުޅުދެލި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ލ. ގަން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ތ. ބުރުނި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ

އިންތިޚާބު ކާމިޔާބުކޮށް އެ ޕާޓީން ހޯދި ކާމިޔާބީ ފާހަގަކުރައްވާފައި ވަނީ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގައި މިއަދު ބާއްވަން ކަނޑައެޅި 37 ގޮނޑީގެ ތެރެެއިން އިންތިޚާބަކާ ނުލައި 24 ގޮނޑި ޕީއެންސީން ކާމިޔާބު ކުރި ކަމަށެވެ. އަދި މިއަދު ބޭއްވި އިންތިޚާބުން ނުވަ ގޮނޑި އެ ޕާޓީން ކާމިޔާބު ކުރުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ވަނީ ލިޔުއްވާފައެވެ.

މި ޕޯސްޓުގައި ރައީސް ލިޔުއްވާފައި ވަނީ، އަތޮޅު ކައުންސިލްގެ ރައީސްކަމުގެ އެއް ގޮނޑިއާއި ކައުންސިލް ރައީސްކަމުގެ އެއް ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 29 ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފައި ވާކަމަށެވެ.

އެހެންކަމުން މި ކާމިޔާބީ ހޯދުމަށް އެހީތެރިވެދިން އެންމެހައި ރައްޔިތުންނަށް އަދި ވޯޓުލުމުގައި ބައިވެރިވީ އެންމެހާ ރައްޔިތުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަދުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެން ވީ، 11،325 މީހުންނަށެވެ. އޭގެތެރެއިން ވޯޓުލީ ޖުމްލަ 6،275 މީހުންނެވެ. އެއީ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ 55.41 އިންސައްތައެވެ. އޭގެ ތެރޭގައި ހިމެނެނީ 3،292 އަންހެނުންނާއި 2،983 ފިރިހެނުންނެވެ.

ބައި-އިލެކްޝަންތަކަށް ދައުލަތުން ކުރާ ޚަރަދުތައް ބޮޑުވަމުންދާ މައްސަލަ ހައްލުކުރުމަށް ޓަކައި މިދިޔަ އަހަރުގެ އޮގަސްޓު މަހު ރައްޔިތުންގެ މަޖިލީހުން ވަނީ، ކައުންސިލްތަކުގެ ބައި-އިލެކްޝަން ބޭއްވޭނީ އަހަރަކު ދެ ފަހަރު ކަމަށް ކަނޑައަޅާ ބިލެއް ފާސްކޮށްފައެވެ. އޭގެ ކުރިން ގާނޫނުގައި އޮންނަނީ ކައުންސިލް ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ އޮގަސްޓު މަހުގެ 18ގައި އެ ބިލް ތަސްދީގު ކުރައްވައިފައެވެ.

އެ އިސްލާހުގެ ދަށުން، މިއަދު ބާއްވާ ބައި-އިލެކްޝަންތަކަކީ މި އަހަރުގެ ފުރަތަމަ ބައި-އިލެކްޝަންތަކެވެ.

Redstar
comment ކޮމެންޓް

comment ޗަމް

2 month 2 week ago

ދޮލަނގު ވެރިކަމުން އައިސް މަސްވެރިކަން ވަނީ ހަލާކުކޮއްލާފަ. ދެން އަންހެންވެރިކަންވެސް ހަލާކުކޮއްލާ.. ރައީސުލް މުޖްހޫރިއްޔާ ދެން ރަށްތަކަށްގޮސް އަމީންދީދީ ހެއްދެވިހެން އަންހެނުން ތަރައްގީކުރަން ކުޅިވަރުބާއްވާށެވެ. މިއީ 1960 ވިއްޔާ.

comment ދިލްސާ

2 month 2 week ago

ލައްޖެހި ދޮގުވެރިޔާ ހީކޮއްތިމަންނަޔައް ލިބޭކާމިޔާބެކޭ އެއްގޮތަކައްވެސް އެހެނެއްނޫވަނީ އިދިކޮޅު އަދިނެތް ރައްޔަތުން ބަލާގަންނައެކަކުވެސް އެހެންވެ އިލެކްސަންތައް ކާމިޔާބުވަނީ އެހެންނޫންނަމަ ލައްޖެހި ދޮގުވެރިޔާގެ ސައިޒުފެނުނީސް މިޔައްވުރެ އަވަހައް ރައްޔަތުން ފޫހިވިސަރުކާރެއް އަދިނާދޭ

comment ރިދޫ

2 month 2 week ago

މިއީ ބޮޑުކާމިޔާބީ ސަރްކާރު. އެއްކަމެއްވެސް ނުކުރެވި ދައުރުގެ އެއް އަހަރު ނިންމާފަވެސް ބޮޑުކާމިޔާބީ ސަރްކާރު.