ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން ކުރަމުން އައި, ސްކޫލުން ތައުލީމު ހާސިލްކޮށްފައިވާ ކުރީގެ ދަރިވަރުންގެ ޕޯސްޓުތަކުގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް އަޙްމަދު ނަސީމުގެ ޕޯސްޓު އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަކަށް ޑިލީޓްކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ޖަމާލުއްދީން ސްކޫލުގެ 40ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން އަންނަނީ ސްކޫލުން ތައުލީމު ހާސިލްކުރި ފަޚުރުވެރި ދަރިވަރުންގެ ޕޯސްޓުތައް ފޭސްބުކުގައި ހިއްސާކުރަމުންނެވެ. އެގޮތުން މީކާއީލްގެ ޕޯސްޓެއް ވެސް ވަނީ ހިއްސާކޮށްފައެވެ.
މި ޕޯސްޓުގައި ވަނީ މީކާއީލަކީ ރާއްޖޭގެ ތާރީޚުގައި ވެސް މަޖިލީހަށް ހޮވިވަޑައިގެންނެވި އެންމެ ޒުވާން މެމްބަރުންގެ ތެރޭގައި ހިމެނޭ ފަރާތެއްކަން ފާހަގަކޮށްފައެވެ. އަދި ސްކޫލު ދައުރުގައި މީކާއީލަކީ ފާހަގަކޮށްލެވޭ ދަރިވަރެއް ކަމަށާއި 2015ވަނަ އަހަރު ކެމްބްރިޖް ކޮމޮންވެލްތް ސްކޮލާޝިޕްގެ ދަށުން އޭނާ ބެޗެލާސް ޑިގްރީ ހާސިލްކޮށްފައި ވާކަން މި ޕޯސްޓުގައި ފާހަގަކޮށްފައި ވެއެވެ.
މި ޕޯސްޓުގައި ވަނީ މީކާއީލް މަޖިލީހުގައި ހޯދާފައިވާ ކާމިޔާބީތައް ވެސް ފާހަގަކޮށްފައެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، އެ ޕޯސްޓު ސްކޫލުން ސޯޝަލްމީޑިއާގައި ހިއްސާކޮށްފައި ވަނީ މިއަދު ކަމަށެވެ. ނަމަވެސް، ދެ ގަޑިއިރު ތެރޭ ޕޯސްޓު ޑިލީޓްކޮށްފައިވާ ކަން މީކާއީލް ފާހަގަކުރެއްވިއެވެ.
މީކާއިލް ވިދާޅުވީ، އެ ޕޯސްޓު ސްކޫލުން ޑިލީޓްކުރީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ އެންގުމަކަށް ކަމަށެވެ.
"އެ ޕޯސްޓު ޖެހުމަށް މައުލޫމާތު ހޯދި ފަރާތުން އަޅުގަނޑު ކައިރި ބުނީ އެ ޕޯސްޓު ޑިލީޓްކުރީ މިނިސްޓްރީން އަންގައިގެންކަމަށް" މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވަނީ ސަރުކާރުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ސްކޫލުތައް ވައްދާތީ މީސްމީޑިއާގައި އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ.
ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަހާ ގުޅިގެން މީކާއިލްގެ މައުލޫމާތު އެ ސްކޫލުން ހޯދާފައިވަނީ މިދިޔަ މަހުއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
މީކައީލަކީ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލު ކުރައްވާ މެމްބަރެކެވެ. އެ ޕާޓީގައި އޭނާ ވަނި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައެވެ.
comment ގލޅ
2 month 1 week ago
މާކާއީލް ބަލައި ނުގަންނަމެވެ
comment ބެލެނިވެރިޔާ
2 month 1 week ago
ތައުލީމެއް ހުއްޓަސް އަޚްލާގެއް ނެތީމަ ތީކީ ނަމޫނާއަކަށް ބަލައިގެން އެކަހަލަ ލިސްޓަކަށް ލެވޭނެ މީހުންނެއް ނޫން. އެހެންވީމަ އެހެދީ ރަނގަޅަށް. ރަނގަޅު ނަމޫނާ ދަރިވަރުންނަށް ނުދެއްކޭ މީހުން އެކަހަލަ ލިސްޓުތަކަށް ނޭރުވޭނެ
reply އޮރެންޖް
2 month 1 week ago
އެކަހަލަ ލިސްޓަކަށް ލާނެ އެކަކުވެސް އެހެންވިއްޔާ ނުހުންނާނެ. އަހަރެންނަން ތިޔަ ބެލެނިވެރިޔާގެ އަހުލާގު މާ ގޯސް. ސަބަބަކީ މީހުންނާ މެދު ގޯސްކޮށް ވިސްނާ އެކަމާ ބެހޭ ގޮތުން ލިޔުން. އޭނަ އަކީ ކުށްވެރިއްއް ނޫން.
comment ލލ
2 month 1 week ago
މީކާއީލް ޖަމާލުއްދީނުގެ ދަރިވަރެއްކަން އެންގުމަކީ ރަގަޅުކަމެއް، ސިޔާސީ އިދިކޮޅު ކަންކަން ފާހަގަ ކުރުން ރަގަޅެއްނޫން،!
comment ނުގަނެވެ
2 month 1 week ago
މިނިސްޓްރީން ކުރިނަމަވެސް ރަގަޅުކަމެއް. ސިޔާސީ މީހުންގެ ސިޔާސަތުތަކާއިގުޅޭ އެއްވެސް ޕޯސްޓެއް ކޮށްގެން ނުވާނެ. ތަޢްލީމު ޙާޞިލުކުރިވާހަކަ ހިމެނިދާނެ. މެމްބަރުކަމާއި އެނޫން ވާހަކަތައް ހިއްސާކުރުން ބަލާނުގަނެވެ
reply ފާއިޒުބެ
2 month 1 week ago
މެމްބަރަކަށް ވި ވާހަކައަކީ ބޭ އަދަބީ ވާހަކައަކީތަ، އެވާހަކަ ނުހިމެނޭނީ. ދެން ހާދަ ކަޓު ވިސްނުމެކޭ ދޯ! ތާނައަކުރުން މިތާ ލިޔަން އެނގުނަކަސް ތަހުޒީބެއް ނުވެޔޭ ދޯ އަދިވެސް. ކަލޭމެން ވީނު މުޙައްމަދު އަމީނުގެ ވާހަކަ ކިޔަވާދޭ ފޮތްތަކުންވެސް ނަގަން. ޖަމީލުދީދީގެ ވާހަކަވެސް ކިޔުން ހުއްޓާލާ. ޖަމާލުއްދީނުގެ ވާހަކަވެސް ކިޔަވާ ފޮތްތަކުން ފުހެލާ. ކީކޭ ބުނާނީ ދެން. ދިވެހީން މި ވިސްނަނީ ފޫކޮޅުންތަ
reply އަހޫ
2 month 1 week ago
ރައީސްގެ ވާހަކަވެސް ނުލިޔަމާ. ސްކޫލްގައި ވެސް ރައީސެއް ހުންނަ ވާހަކަ ވެސް ނުދައްކަމާ. އަދި ސްކޫލްތަކަށް ރައީސުންނަށް ދައުވަތު ނުދެމާ.