ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރަން ފެށުމުން ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ މެދުކަނޑާލައިފިއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފަށާފައިވަނީ 9:00 ގައެވެ.
އެކަމަކު، ޖަލްސާ ފަށައި، ރިޔާސީ ބަޔާން އިއްވަވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފުރުސަތު ދެއްވުމާ އެކު ތަޅުމުގައި ތިއްބެވި އެމްޑީޕީގެ މަޖިލީސް މެންބަރުން ވަނީ ތަޅުމުގައި އިހުތިޖާޖުކުރަން ފަށާފައެވެ. އެހެންވެ، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ އިހުތިޖާޖުކުރި ހުރިހާ މެންބަރުންގެ ނަން އިއްވަވާފައެވެ.
ނަން އިއްވި ނަމަވެސް އެމްޑީޕީ މެންބަރުން ވަނީ ތަޅުން ދޫކުރައްވައި ވަޑައިގަންނަވަން ދެކޮޅު ހައްދަވާފައެވެ.
އެހެންވެ، މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ގެންދަވަނިކޮށް މެންބަރުން ތަޅުމުން ނުކުންނަންދެން ޖަލްސާ މެދުކަނޑާލަން ނިންމަވާފައެވެ.
މެންބަރުން ނެރުމަށް ފަހު، ޖަލްސާ އަލުން ފަށާފައިވަނީ 9:26 އެހާކަންހާއިރެވެ.
ނަން އިއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ:
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ
- ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
- ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލު
- ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު
- މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
- ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރާއި
- ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
- ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް
comment ސލހ
2 month 1 week ago
އެބަޔަކަށް ކުރަން އެނގޭ ކަެއް ދޯ ކުރާނީ. އެވެރިން ވެރިކަމުގަ ތިބެގެން ވެސް ކުރީ މުޒާހަރާ. ކޮބާ 31 ޖަނަވަރީ ގަ ރާއްޖެ ތެރެއިން މީހުން މާލެ އަރުވައިގެން ބަދަލު ކުތެވުނީ ކޯއްޗެއް؟
comment ޜަނާ
2 month 1 week ago
ޢެމްޑީޕީ މީހުންގެ ހަޔާތް މަދުކަން. ޜައްޔިތުންގެ ވޯޓުން ހޮވާފަހުރި ވެރިޔަކާ ދެކޮޅަށް މަޖްލިސްގަ އަޑު އުފުލުމުގެ ބޭނުމަކީ ކޮބާ. ޥެރިކަން ބޭނުންވިޔަސް ބޮޑުވަރު ތިޔައީ.
comment ސސ
2 month 1 week ago
ރިޔާސީ ބަޔާން އިއްވުމުގެ ބަދަލުގައި، ރައީސުލް ޖުމުހޫރިއްޔާ މަޖިލިސް ހުޅުވުމާއި ޤައުމާއި މުހާތަބް ކުރުން މިފަދައިން އޮތުމަށް ޤާނޫނުއަސާސީ އިސްލާހުކުރަން އެބަޖެހޭ، އޭރުން މަޖިލިސް މެމްބަރުން ސިޔާސީ ގޭމްކުޅެން ޖާގައެއް ނޯނާނެ، ރައީސުގެ ވާހަކަ އަޑުހަން ތިބެންޖެހޭނީ !