ކ. ގުރައިދޫ "ވެލި" ނަމަކަށް ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހާ އިމާރާތްތައް ނީލަމުގައި ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިއުލާންކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ މި ގޯއްޗަކީ 2،000 އަކަފޫޓުގެ ގޯއްޗެއް ކަމަށެވެ. އަދި ނީލަން ފެށޭ އަގަކީ 920،500 (ނުވަލައްކަ ވިހިހާސް ފަސްސަތޭކަ) ރުފިޔާ ކަމަށާއި ނީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 10ވާ ހޯމަ ދުވަހުގެ 12:00ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލްއިން ވަނީ މުއްދަތު ހަމަވާ ތާރީޚާ ހަމައަށް ނީލަމަށް ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް އަންނަ މީހުންގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިޢުލާން ކުރެވޭނެ ކަމަށްބުނެފައެވެ.
އަދި ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު ބޭންކުގެ ވެބްސައިޓްގައި އިޢުލާންކުރެވޭނެ ކަމަށާއި ނީލަން ނިންމާލާ އެންމެ މަތީ އަގު ކަމުގައި އިޢުލާން ކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާން ކުރެވޭ ތާރީޚުން ފެށިގެން ޖެހިޖެހިގެން ފަސް ދުވަސް ވަންދެން ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ އެއް އަގެއްގައި އޮތުމުން ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
އަދި މި ނީލަމާ ގުޅޭ އިތުރު މައުލޫމާތު، ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓު މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ގުރައިދޫއަކީ ފަތުރުވެރިކަން ކުރިއަރާފައިވާ ރަށެކެވެ.