ބީއެމްއެލްގެ ރޯދަ ޕްރޮމޯޝަން "ރަން ފުރުސަތު" ރެޑް ވޭވްއާއެކު ފަށައިފި

ރެޑްވޭވް ޕެވީލިއަން: ބީއެމްއެލްގެ ކާޑެއް ބޭނުންކޮށްގެން މި މަހު ކުރާ ވިޔަފާރިތަކުން ޕްރޮމޯޝަނެއްގައި ބައިވެރިވެވިދާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރެޑްވޭވްއިން ބޭންކް އޮފް މޯލްޑިވްސްއާއެކު ރޯދައަށް ބާއްވާ ޚާއްސަ ޕްރޮމޯޝަން "ރަން ފުރުސަތު" ފަށައިފިއެވެ.

ބީއެމްއެލްއިން ބުނީ "ރަން ފުރުސަތު"ގެ ނަމުގައި ފެށި މި ޕްރޮމޯޝަނުގައި, ބީއެމްއެލްގެ ކާޑުތަކުން ރެޑްވޭވް ފިހާރަތަކުގައި ވިޔަފާރިކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެކަމަށެވެ.

މި ޕްރޮމޯޝަނުގެ ދަށުން، މި މަހު ރެޑްވޭވްއިން ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރުމުން ކޮންމެ ހަފުތާއަކުވެސް ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ވައުޗާއެއް ހޯދުމުގެ ފުރުސަތު ލިބޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މީގެއިތުރުން ބީއެމްއެލްއިން ބުނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަތެއް އޭޕްރީލްގެ ނިޔަލަށް ރެޑްވޭވްއިން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެކަމަށެވެ.

ރެޑްވޭވްއިން 300 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

comment ކޮމެންޓް