ޒަމާންތަކަށްފަހު އެންމެ މޮޅު އަލްބަމް ބިޔޯންސޭއަށް

މިއުޒިކް އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ހަފުލާ ކަމަށްވާ ގްރެމީ އެވޯޑްސްގެ މި އަހަރުގެ އެންމެ މުހިއްމު އެވޯޑު، އަލްބަމް އޮފް ދަ އިޔާ، ބިޔޯންސޭއަށް ލިބިއްޖެއެވެ.

އަހަރުގެ އެންމެ މޮޅު އަލްބަމް އެވޯޑަކީ ގިނަ ބަޔަކު އެންމެ ފާޑު ކިޔާ އެއް އެވޯޑެވެ. އެއީ ކޮންމެ އަހަރަކު ވެސް އެންމެ ހައްގު ފަންނާނުންނަށް މި އެވޯޑު ނުލިބޭތީ ކަމަށް ފޭނުން ބުނެއެވެ. ބިޔޯންސޭ މި އެވޯޑަށް ނޯމިނޭޓް ވަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް އޭނާއަށް މި އެވޯޑު ލިބިފައި ނުވާތީ އެތައް ބަޔަކު އެކަމާ ކަންބޮޑުވެއެވެ.

މިފަހަރު މިއޮތީ އެވޯޑު ބިޔޯންސޭ އަށް މި އެވޯޑު ލިބިފައެވެ. ބިޔޯންސޭގެ އެކްޓް 2: ކައުބޯއި ކާޓާ" އަށް ވަނީ މިއަހަރުގެ އަލްބަމް އެވޯޑު ލިބިފައެވެ. މި އެވޯޑަށް ނޯމިނޭޓްވި އާޓިސްޓުންގެ ތެރޭގައި ސެބްރީނާ ކާޕެންޓާ އާއި ޓޭލާ ސްވިފްޓާއި އޮލިވިއާ ރޮޑްރީގޯ އަދި ބިލީ އައިލިޝް ހިމެނެއެވެ.

އެންމެ މޮޅު އާ އާޓިސްޓުގެ އެވޯޑާ، ޗެޕެލް ރޯން ހަވާލު ވަނީ

ގްރެމީގެ އަލްބަމް އޮފް ދަ އިޔާ އެވޯޑު ފާއިތުވި ތިން އަހަރު މެދުކެނޑުމެއް ނެތި ގެންދިޔައީ ޓޭލާއެވެ. ނަމަވެސް މި އަހަރު ޓޭލާ ގެއަށް ދިޔައީ އެއްވެސް އެވޯޑެއް ނުލިބިއެވެ.

މި އަހަރުގެ ގްރެމީ އެވޯޑަށް އެންމެ ގިނަ ނޯމިނޭޝަން ލިބިފައިވަނީ ސިޒާއަށެވެ. އޭނާ 11 އެވޯޑަކަށް ނޯމިނޭޓްވިއިރު އޭނާއަށް ލިބިފައިވަނީ އެންމެ އެވޯޑެކެވެ. އެއީ އެންމެ މޮޅު އާރުއެންބީ ލަވައިގެ އެވޯޑެވެ.

އަހަރުގެ ދެން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެވޯޑަކީ އަހަރުގެ އާ އާޓިސްޓުގެ އެވޯޑެވެ. މި އެވޯޑު ހޯދާފައިވަނީ މިދިޔަ އަހަރު އެންމެ ގިނައިން އަޑު އިވިފައިވާ ޗެޕެލް ރޯން އަށެވެ. އެންމެ މޮޅު އާ އާޓިސްޓުގެ އެވޯޑަށް ވާދަކުރި ތަރިންގެ ތެރޭގައި ރޭޔެއާއި ކްރައުގްބިން އަދި ސަބްރީނާ ކާޕެންޓާ ހިމެނެއެވެ.

comment ކޮމެންޓް