އެތެރެކުރުން މަނާކުރި ދެ ބޭހެއްގެ ރައްކާތެރިކަން ކަށަވަރުކޮށް އަލުން ވިއްކުމުގެ ހުއްދަ ދީފި

ކުރިން މަނާކުރުމަށް ފަހު އަލުން ހުއްދަ ދީން ދެ ބޭހުގެ ތެރެއިން ބޭހެއް ----

ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން ކުރިން މަނާކުރި، ދެ ބޭހެއް އަލުން އެތެރެކޮށް ވިއްކުމުގެ ހުއްދަ, މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ދީފިއެވެ.

އެމްއެފްޑީއޭއިން ބޭނުންކުރަން ހުއްދަ ދިން ބޭސްތަކަކީ ޕާކިސްތާނުގައި އުފައްދާ ފަހެއް އެމްއެލް/ 50 މިލިގްރާމުގެ މެފްނެކް ސަސްޕެންޝަން (މެފެނެމިކް އެސިޑް) އާއި މެލޭޝިއާގައި އުފައްދާ ފަހެއް އެމްއެލް/ 125 މިލިގުރާމްގެ އެކްސެލް މެފެނެމިކް އެސިޑް ސަސްޕެންޝަން (މެފެނެމިކް އެސިޑް)އެވެ.

އެ ބޭސްތައް ބޭނުންކޮށް އެތެރެކުރުން، މިދިޔަ ނޮވެންބަރު 26ގައި އެ އޮތޯރިޓީން މަނާކުރީ ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ޑައިއީތަލިން ގްލައިކޯލް އަދި އީތައިލިން ގްލައިކޯލް ފެނުނު ކަމަށް ބުނެއެވެ.

https://sun.mv/199530

އެފްއެފްޑީއޭއިން ބުނީ، ވަގުތީ ގޮތުން އިމްޕޯޓުކޮށް، ވިއްކުމާއި ބޭނުންކުރުން މަނާކުރި މި ބޭސްތައް މާކެޓުން ލިބެން ހުރި ބެޗުތަކުން ސާމްޕަލް ނަގައިގެން އިތުރަށް ޓެސްޓުކޮށް ބަލަން ޖެހޭ ކަންކަން ބަލާފައިވާ ކަމަށެވެ. އަދި، އެ ބޭސްތަކުގެ ރައްކާތެރިކަން މިހާރު ކަށަވަރުކުރެވިފައިވާއިރު، މި ދެ ބޭސް އެތެރެކޮށް ވިއްކުމުގެ ހުއްދަ އެ އޮތޯރިޓީން އަލުން ވަނީ ދީފައެވެ.

އޭގެއިތުރުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި ބޭސްތައް އެތެރެކުރާއިރު، ޑައި އީތައިލިން ގްލައިކޯލް (ޑީއީޖީ) އަދި އިތައިލީން ގްލައިކޯލް (އީޖީ) އެނަލައިސިސް ރިޕޯޓް ޑަބްލިއުއެޗްއޯ ޕްރިކޮލިފައިޑް ލެބޯރެޓަރީ އަކުން ހުށަހަޅަންވާނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ދެބޭހަކީ ވެސް ތަދު ކަނޑުވަން ބޭނުންކުރާ ބޭސްތަކެކެވެ.

comment ކޮމެންޓް