ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމެންޓްގެ އާ ޕްރޮޖެކްޓު ކަމަށްވާ "ޕްރޮޖެކްޓް 37"ގެ ޝޫޓިން އަދިވެސް ކުރިއަށް ދާ ކަމަށް ސްޓޫޑިއޯއިން ހާމަކޮށްފިއެވެ.
ތަފާތު އެކި ކަހަލަ ޕްރޮޖެކްޓުތަކުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ޑާކްރެއިންއިން ޕްރޮޖެކްޓް 37 އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅުގައެވެ. މިއީ ޕްރޮޑަކްޝަނުން ނެރޭ އެކްޝަން ތުރިލާ ފިލްމެކެވެ.
ރަސްމީ ނަމެއް ފިލްމަށް ދީފައިނުވި ނަމަވެސް ފިލްމަށް ކޯޑު ނަމެއްގެ ގޮތުގައި ވަނީ ޕްރޮޖެކްޓް 37 ދީފައެވެ.
މި ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ. އެއަށް ފަހު ޝޫޓިން ވަކި ދުވަސްކޮޅަކަށް މެދުކެނޑިފައި އޮވެ، އަނެއްކާވެސް ފަށައިގެން ކުރިއަށްދާ ކަމަށް ސްޓޫޑިއޯއިން ވަނީ ހާމަކޮށްފައެވެ.
ފިލްމުގެ ޝޫޓިން ފަށައިގެން ކުރިއަށް ދިޔަ ނަމަވެސް ފިލްމުގެ ރަސްމީ ނަން އަދި ފައިނަލްކޮށްފައެއް ނުވެއެވެ. އަދިވެސް، ފިލްމުގެ ނަމެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަނީ ޕްރޮޖެކްޓް 37 އެވެ. އެއީ، މި ފިލްމަކީ ޑާކްރެއިންގެ 37 ވަނަ ޕްރޮޖެކްޓަށް ވީމައި ދީފައިވާ ނަމެކެވެ.
މި ފިލްމު ޕްރޮޑިއުސް ކުރަނީ މުހައްމަދު އަލީ (މޮގާ)އާއި އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. އަލީ ޝިފާއު (ޗިއްޕެ)އާއި ރަވީ ފާރޫގު ޑައިރެކްޓު ކުރާ މި ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ތޮލާލެވެ.
ޕްރޮޖެކްޓް 37ގެ ގިިނަ މަސައްކަތްތަކެއްގައި ހަރަކާތްތެރިވަމުން އަންނަނީ ޑާކްރެއިންއިން މިދިޔަ އަހަރު ނެރުނު ހިޓް ފިލްމު "ފުރޭތަ"ގެ މަސައްކަތް ވެސް ކޮށްފައިވާ ފަންނާނުންނެވެ. ޑާކްރެއިންއިން މި އަހަރު ނެރުނު ފިލްމު "ފުރޭތަ"އަކީ ވެސް އެކްޝަން ތުރިލާ ފިލްމެކެވެ.
މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޝީލާ ނަޖީބުއާއި މޫސާ އަލީފް އަދި އަހުމަދު ޝާކިރު ފަދަ ތަރީންނެވެ.