މި ވަގުތު ރާއްޖޭގެ އެންމެ ބިޒީ ފިލްމު ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމެންޓުން އެންމެ އަވަހަށް ނެރެން ތައްޔާރުވާ ޝޯ ކަމަށްވާ "ފެށުމާއި ނިމުން"ގެ މޯޝަން ޕޯސްޓަރެއް އާންމުކޮށްފިއެވެ.
ޑާކްރެއިނުން ފެށުމާއި ނިމުން ދައްކަން ތައްޔާރުވެފައިވާއިރު އެ ޕްރޮޑަކްޝަނުން ވަނީ މިދިޔަ މަހުގެ ތެރޭގައި އާ ޓީވީ ޝޯއެއް ދައްކަން ފަށާފައެވެ. އެއީ, "ރޯލީމޭ" އެވެ. ރޯލީމޭއަށް ފަހު އެންމެ އަވަހަށް ދެން ނެރޭނެ އުފެއްދުމެއްކަމަށް ޑާކްރެއިނުން ހާމަކޮށްފައިވަނީ "ފެށުމާއި ނިމުން"އެވެ.
އަލަށް ނެރޭ ޝޯގެ ގިނަ މައުލޫމާތުތަކެއް އަންނަނީ ޑާކްރެއިންގެ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އެއާއެކު ޝޯގެ ޝޫޓިންގެ ގިނަ މަންޒަރުތަކެއް އަންނަނީ ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ. އަދި, ދާދިފަހުން ވަނީ ޝޯގެ ތަފާތު ޕޯސްޓަރެއް އާންމުކޮށްފައެވެ. މޯޝަން ޕޯސްޓަރެއްގެ ގޮތުގައި ޕޯސްޓު ކުރި މި ޕޯސްޓަރުގައި ޝޯގެ ލީޑް އެކްޓަރުން ފެނެއެވެ. އަދި ޕޯސްޓަރުން ވާހަކައެއް ވެސް ކިޔައިދެއެވެ.
https://www.instagram.com/p/DHVA8QFRyQ4
މި ޕޯސްޓަރުން ވަނީ ޝޯގެ މައިގަނޑު ތީމަށް ކޮންމެވެސް ވަރަކަށް އަލި އަޅުވާލާފައެވެ. އެގޮތުން، ލޯބީގެ ގުޅުމެއް ނިމިގެންދާ ގޮތަށް މި ޝޯ އަލި އަޅުވާލާނެ ކަމަށް ޕޯސްޓަރުން އިޝާރާތް ކޮށްފައިވެއެވެ.
ޝޯގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އައިމިނަތު ޝުހާއާއި ޝަރަފު އަބްދުالله އާއި މޫސާ އަލީފެވެ. އަލަށް ނެރުނު ޕޯސްޓަރުން ފެންނަނީ މި ދެ މީހުންނެވެ.
ފެށުމާއި ނިމުންގެ ކާސްޓުން ދެން ފެންނާނީ މުހައްމަދު ރަޝީދު (ދަރާ)އާއި ހުސައިން ސާމީ އަދި ފާތިމަތު ފައިނާއެވެ. ފައިނާއަކީ ޑާކްރެއިނުން އަލަށް ތައާރަފުވާ ތަރިއެކެވެ.
އަލަށް އިއުލާނުކޮށްފައިވާ ޝޯގެ ފަހަތުގައި ވެސް ވަނީ ރޯލީމޭގެ ކްރޫއެވެ. އެގޮތުން، މި ޝޯގެ ސްކްރީންރައިޓަރަކީ ޝަހުދާ މަހުމޫދެވެ. ޑައިރެކްޓުކުރަން ހަމަޖެހިފައިވަނީ އަލީ ޝަފީއު (ޗިއްޕެ)އެވެ. މި ދެ މީހުންނަކީ ރޯލީމޭގެ މަސައްކަތް ވެސް އެކީގައި ކޮށްފައިވާ ދެ މީހުންނެވެ.
އައިޝަތު ފުވާދާއި މުހައްމަދު އަލީ (މޮގާ) ޑައިރެކްޓްކުރާ މި ޝޯގެ ސްކްރިޕްޓްގެ މަސައްކަތް ނިމި މިހާރު ކުރިއަށް ދަނީ ޝޯގެ މަންޒަރުތަކުގެ ޝޫޓިންގެ މަސައްކަތްތަކެވެ. މި ޝޯ ދައްކަން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ޝޯ ދައްކާނީ މީޑިއާނެޓްގެ ސްޓްރީމިން ޚިދުމަތް އެމްއެސްވީޑިއޯ ކްލަބުންނެވެ.