މިއަދުގެ ރީތި ތާރީޚާއެކު، ކުރީ ވެސް 25 ކައިވެނި

ޑިސެމްބަރު 24، 2024: ރީތި ތާރީޚުތަކާ ދިމާކޮށް އާންމު ގޮތެއްގައި ކައިވެނި ކުރާ މިންވަރު އިތުރުވޭ -- ސަން ފޮޓޯ/ މޫސާ ނަދީމް

މިއަދުގެ ރީތި ތާރީޚު ކަމަށްވާ 25.1.25 އާ ގުޅުވައި ފެމެލީ ކޯޓުން ކޮށްދީފައިވަނީ 25 ކައިވެނި ކަމަށް އެ ކޯޓުން ބުނެފިއެވެ.

ރީތި ތާރީޚުތަކާ ގުޅުވައި ކައިވެނި ކުރުމަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކަމެކެވެ. މީގެ ކުރިން ވެސް ރާއްޖޭގައި ރީތި ތާރީޚުތަކާއި، ޚާއްސަ ދުވަސްތަކާ ދިމާކޮށް އެއް ދުވަހެއްގައި ގިނަ ކައިވެނިތަކެއް ކޮށްފައި އެބަހުއްޓެވެ.

އެއާއެކު މިއަދުގެ ތާރީޚާ ގުޅުވައި ކުރި ކައިވެނީގެ އަދަދު ހިއްސާކުރަމުން ފެމެލީ ކޯޓުން ބުނީ މިއަދު އެ ކޯޓުން ކޮށްދިނީ 25 ކައިވެނި ކަމަށެވެ. ނަމަވެސް މިއީ ރީތި އެހެން ތާރީޚުތަކުގައި އާންމުކޮށް ކައިވެނިކޮށްދޭ މިންވަރާ އަޅައިބަލާއިރު މަދު އަދަދެއްކަމަށް އެ ކޯޓުން ބުންޏެވެ.

https://sun.mv/200627

އެއާއެކު ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުގެ އިތުރުން މިއަދު ހިމެނޭހެން މި ތިން ދުވަހު އެ ކޯޓުން ކޮށްދިނީ ޖުމްލަ 48 ކައިވެނިކަމަށް ވަނީ މައުލޫމާތު ދީފައެވެ.

އެންމެ ފަހުން ދިމާވި ރީތި އެއް ތާރީޚު ކަމަށްވާ 24.12.24 ގައި މާލޭގައި ފެމިލީ ކޯޓުން 52 ކައިވެނި ކޮށްދީފައިވެއެވެ.

comment ކޮމެންޓް