Dhiraagu
Ooredoo

މިއަދުގެ ރީތި ތާރީޚުގައި މާލޭގައި 52 ކައިވެނި

އޮގަސްޓް 31، 2018: މާލެއާއި ހުޅުލެ ގުޅާލާ ބުރިޖު (ސިނަމާލެ ބުރިޖު) މަތީ ކުރެވުނު ކައިވެނި ޕާޓީތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުގެ ރީތި ތާރީޚުގައި މާލޭގައި ފެމިލީ ކޯޓުން 52 ކައިވެނި ކޮށްދޭން ހަމަޖެހިފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.

ADK GENERAl

މިއަދު ތާރީޚަކީ 24.12.24 އެވެ.

އެ ކޯޓުން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި މިއަދު ރަސްމީ ގަޑީގައި 16 ކައިވެނި ކުރުމަށް ވަނީ ހަމަޖެހިފައެވެ. ނުރަސްމީ ގަޑީ 36 ކައިވެނި ކުރާނެއެވެ.

މި އަހަރުގެ ރީތި ތާރީޚުތަކާ ގުޅުވައި ގިނަ ކައިވެނިތަކެއް ކޮށްފައި އެބަހުއްޓެވެ. އެގޮތުން ދެވަނައަށް މި އަހަރު އެއް ދުވަހަކު އެންމެ ގިނަ ކައިވެނި ކުރީ 24.4.24 ވަނަ ދުވަހެވެ. އެ ދުވަހު 38 ކައިވެނި ކޮށްފައިވެއެވެ.

އެންމެ ގިނައިން ކައިވެނިކޮށް، ވަރިކުރި މަސްތަކުގެ ތެރޭ:

  • މެއި 238 ކައިވެނި
  • ޖުލައި 228 ކައިވެނި
  • ފެބްރުއަރީ 211 ކައިވެނި
  • އޮކްޓޯބަރު 205 ކައިވެނި

ކައިވެނިތައް އިތުރުވަމުން އަންނައިރު މި ފެށޭ އަހަރު ހަފުތާ ބަންދު ވެސް ހިމެނޭހެން ހުރިހާ ދުވަހެއްގައި, ކޯޓުގައި ކައިވެނިކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފެމެލީ ކޯޓުން ވަނީ ބުނެފައެވެ.

https://sun.mv/200406

ފެމެލީ ކޯޓުން ބުނީ ވޭތުވެދިޔަ އަހަރުތަކުގައި ހަފްތާ ބަންދު ދުވަސްތަކުގައި އެ ކޯޓުން ކައިވެނިކޮށް ނުދިން ނަމަވެސް އެކަމަށް އެދޭ ފަރާތްތައް އިތުރުވަމުން ދާ ކަމަށެވެ. އެހެންވެ މިފެށޭ އަހަރު އެ ދުވަސްތަކުގައި ވެސް ކައިވެނި ކޮށްދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ކޯޓުން ވަނީ ބުނެފައެވެ

ގުޅޭ ޓެގު
Redstar
comment ކޮމެންޓް

comment ރިފް

4 month 4 week ago

ތާރީޚް ރީއްޗެއްކަމަކު އޭގެ ސަބަބުން ކައިވެނިމަތީ ގިނަދުވަހު ތިބެވޭނެކަމުގެ ޔަގީންކަމެއް ނުލިބެއެވެ.

comment އަހައްމަދޫ

4 month 4 week ago

ސާބަހޭ ކައިވެނި ކުރެވޭތޯ ބަލާތި . ހެޔޮ އެހާވަރިގިނަވިޔަސް. އެކަމާ އަޅާލާބަޔަކު އުޅޭތަ

comment ޙަސަންބެ

4 month 4 week ago

މިއަދުގެ ރީތި ތާރީޚުގައި މާލޭގައި 52 ކައިވެނި ކާވެނިކުރުމާއި، ދިރިއުޅުމުގެ ޚާއްޞަ ކަންކަން ކުރަނީ މީލާދީ ގޮތުން ރީތި ނުވަތަ ހަނދާނުގައި ބަހައްޓަން ފަސޭހަ ތާރީޚުތަކުގައި ހެއްޔެވެ؟ ދީނީ ޢިލްމުވެރިއަކު މިއަށް އެއްޗެއް ވިދާލުވެ، އިސްލާމް ދީނުގައި މިފަދަ ކަންކަން އޮންނަ ގޮތެއް އޮޅުން ފިލުވައިދެއްވާނެ ކަމުގެ އުއްމީދުގައި، ލިޔެލީއެވެ.

reply ސަމް

4 month 4 week ago

އިސްލާމްދީނުގެ އުސޫލުތަކާއި އިންތަކާއި ހުރެ އުޅެނީ މިއަދު ކިތަށް ދިވެހިންތޯ.؟

Treetop Hospital
ގުޅޭ ޚަބަރު
ގުޅޭ ޓެގު