MTCC
Ooredoo

ހިރިޔާ ސްކޫލުގައި ބޭއްވި ފުޓުބޯޅަ މެޗެއް ކުޅެނިކޮށް ބެލެނިވެރިއަކު ނިޔާވެއްޖެ

ހިރިޔާ ސްކޫލް ކުރިމަތި: ހިރިޔާ ސްކޫލުގައި ބޭއްވި ފުޓުބޯޅަ މެޗެއްގައި ބެލެނިވެރިއަކު ނިޔާވެއްޖެ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހިރިޔާ ސްކޫލު ބެލެނިވެރިންގެ މެދުގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި ކުޅެނިކޮށް ބެލެނިވެރިއަކު ކުއްލިއަކަށް ނިޔާވެއްޖެއެވެ.

ADK GENERAl

މި މުބާރާތް ކުޅުނީ ރޭ ހިރިޔާ ސްކޫލު ޓާފުގައެވެ. މިއީ ހިރިޔާ ސްކޫލުގެ ޕީޓީއޭއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މުބަރާތެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް ވަނީ ނިޔާވެފައެވެ.

"ސަން"އާ މައުލޫމާތު ހިއްސާކުރި އެ ސްކޫލްގެ ބެލެނިވެރިއަކު ބުނީ އެ މެޗަކީ ބެލެނިވެރިންނަށް ޚާއްސަކޮށްގެން ބޭއްވި މުބާރާތެއްގެ ތެރެއިން ކުޅުނު މެޗެއް ކަމަށެވެ. އަދި މިރޭ ކުޅުނު މެޗުގައި ވާދަކުރީ ފިރިހެން ބެލެނިވެރިންނެވެ.

މި ހާދިސާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ހިއްސާކުރި މެސެޖެއްގައި ވަނީ، މެޗަށް ފަހު ދަނޑުމަތީގައި އޮށޯތް ބެލެނިވެރިއަކަށް ސިއްހީ މައްސަލައެއް ދިމާވިކަން ފާހަގަވެގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ސްކޫލުން މިނިސްޓްރީއަށް މައުލޫމާތު ދީފައި ވާކަމަށެވެ. އަދި މި ބެލެނިވެރިޔާ ނިޔާވެފައި ވާކަމަށް މިނިސްޓްރީގެ މެސެޖުގައި ފާހަގަކޮށްފައި ވެއެވެ.

މިނިސްޓްރީން ވަނީ ނިޔާވި ބެލެނިވެރިޔާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.

Redstar
comment ކޮމެންޓް

comment ل م

3 month 4 week ago

މައްޔިތާގެ ފާފަފުއްސަވާ ހެޔު ރަހުމަތްލައްވާ، އާއިލާޔަށް ކެއްތެރިކަން ކެއްތެރިކަން ﷲ ދެއްވާށި، އެންމެހާ މޫމިން ތަކުންނާއި މުސްލިމްތަކުންގެ ފާފަފުއްސަވާ ރަހުމަތް ލައްވާށި ! انا لله وانا اليه راجعون !

comment ހެޔޮހިތުން

3 month 4 week ago

‎إنَّا لله وإنا إليه راجعون ‎މާތް الله މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ رحمة ލައްވައި ސުވަރުގޭގެ ދާއިމީ نعمة މިންވަރު ކުރައްވާށި އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن