ހިރިޔާ ސްކޫލުގެ އުތުރުން ހަދާ މަގު، ރައީސް ބައްލަވައިލައްވައިފި

ޓްރެފިކަށް ބާރު ބޮޑުވާތީ ހިރިޔާ ސްކޫލުގެ އުތުރުން ހަދަން ފެށި މަގު، ރައީސް ބައްލަވައިލައްވަނީ--

ޓްރެފިކަށް ބާރު ބޮޑުވާތީ ހިރިޔާ ސްކޫލުގެ އުތުރުން ހަދަން ފެށި, ސަބުދެލި މަގު މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައްލަވައިލައްވައިފިއެވެ.

ހިރިޔާ ސްކޫލުގެ އުތުރުން، ބޮޑުތަކުރުފާނު މަގާ ގުޅޭގޮތަށް މި މަގު ހަދަނީ އަމީނީމަގު ހަދަމުން އަންނާތީ ކުރިމަތި ވަމުން ދާ ޓްރެފިކްގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައެވެ. މި މަގު ދެ ދުވަހެއްގެ ތެރޭގައި ހުޅުވުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މިހާރު ހަދަމުންދާ އެ މަގު ބައްލަވައިލައްވަން ރައީސް ވަޑައިގަތީ، ޕީއެންސީ ޓިކެޓުގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިންގެ ތެރެއިންނެވެ.

އެ މަގާ ގުޅޭ ގޮތުން ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނީ މިއީ މާލޭ އަމީނީ މަގު ހެދުމުގެ ޕްރޮޖެކްޓާ ގުޅިގެން މާފަންނުގައި ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ގެނައުމައްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ މަތިން ކުރަން ފެށި މަސައްކަތެއް ކަމަށެވެ.

ޓްރެފިކަށް ބާރު ބޮޑުވާތީ ހިރިޔާ ސްކޫލުގެ އުތުރުން ހަދަން ފެށި މަގު، ރައީސް ބައްލަވައިލައްވަނީ--

އެގޮތުން ހިރިޔާ ސްކޫލާ އިންވެގެން ބަންދު ކޮށްފައިވާ ގޯޅި އަލުން ހުޅުވުމަށް އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުގެ މުވައްޒަފުން ކުރަމުންދާކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރައީސް ގެ އިތުރުން ޕަބްލިކް ވޯކް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި، ޕީއެންސީގެ ޓިކެޓުގައި މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ އާޒިމާ ވެސް ވަނީ އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ވަޑައިގެންފައެވެ.

comment ކޮމެންޓް