MTCC
Ooredoo

އަލިފާނުގެ ހާދިސާއާ ގުޅިގެން 14 ދިވެހީންނާއި 19 ބިދޭސީން ވަގުތީ ބޯހިޔާވަހިކަމަށް

ގުދަނުގައި ރޯވެ، އަނދައިފައި: އެ ހާދިސާއާ ގުޅިގެން 14 ދިވެހީންނާއި 19 ބިދޭސީން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވޭ -- ސަން ފޮޓޯ/ މޫސާ ނަދީމް

މާލޭގެ މަޖީދީ މަގުގައި ހުރި ގުދަނެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 14 ދިވެހީންނާއި 19 ބިދޭސީން ވަގުތީ ބޯހިޔާވަހިކަން ހޯދައިފިއެވެ.

Ooredoo

އެމްއެންޑީއެފުން ބުނެފައި ވަނީ، އަލިފާން ރޯވީ ފުރުޓް އެންޑް ޓްރީ އެޕަލް ކިޔާ ފިހާރައިން ގުދަނެއްގެ ގޮތުގައި ބޭނުން ކުރާ ތަނެއްގައި ކަމަށެވެ. އެ ހާދިސާ މައުލޫމާތު ލިބުނީ 04:20 ހާއިރު ކަމަށާއި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 06:00 ހާއިރު ކަމަށް ސިފައިން ބުންޏެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ އެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ގުދަނުގައި ރޯވެ، އަނދައިފައި: އެ ހާދިސާއާ ގުޅިގެން 14 ދިވެހީންނާއި 19 ބިދޭސީން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވޭ -- ސަން ފޮޓޯ/ މޫސާ ނަދީމް

އެންޑީއެމްއޭއިން އެކްސްގައި ކުރި ޕޯސްޓްއެއްގައި ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރި މީހުންގެ ތެރެއިން ފަސް ގޭބިސީއެއްގެ 14 ދިވެހިން އަދި އަށް ބިދޭސީންނަށް މިހާރު އަންނަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސަމުންކަމަށާއި ބިދޭސީ އެއް އާއިލާ މިހާރު ވަނީ އަމިއްލަ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުވެފައިކަމަށެވެ.

މީގެ އިތުރުން 11 ބިދޭސީއަކަށް އެ މީހުން ނިސްބަތްވާ ކުންފުނިތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައިކަން ވެސް އެ އޮތޯރިޓީން ފާހަގަކުރިއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Redstar
comment ކޮމެންޓް

comment ރިފް

3 month 3 week ago

ރައީސުލް ޖުމުހޫރިއްޔާއަށްވެސް ވަރިހަމަވާނެ އެތަނަށް ގޮސް "އާނ އެހެރަ އެނދީއޭ ދޯ.." ކިޔާފަ ގޮސް ޒިންމާއިން އެކަހެރިވެގެން ދައުލަތުގެ ޚަރަދުގައި ދަތުރު އަޅަން އުޅެވެނިކޮއް. ރައީސުލް ޖުމްހޫރިއްޔާގެ މަގާމަކީ މިހާރުދެން މީހަކަށް 5 އަހަރު ދައުލަތުގެ ޚަރަދުގައި ޗުއްޓީކޮއްލަންދެވޭ ފުރުސަތަކަށް މިވަނީ ވެފަ. ބޮޑެތިކާރިސާތަށް ފުލު ފުލުގަ އައިމަވެސް ކަހެރިވަކެކޭވެސް ހިތައްނާރާހެން އެބަހީވޭ. ވީމާ މިއޮތީ ގައުމު އޮޔަށް ދުއްވާލާފަ.

comment ދޮން ބަބުރު ސޮރު

3 month 3 week ago

ތޮއްޖެހިފަވާ މާލޭގަ ކޮންމެ ދެ ބިލްޑެއްގެ ދެ މެދު ކެމިކަލް ގުދަންތަކާއި އަވައްޓެރިންގެ ވޯކޮޝޮޕު ތަކުން މުޅި މާލެ ފުރިއްޖެ. ޓީވީ ޑުރާމާ ސަރޮކާރު ތަކުން ވެރިކަމަށް އަންނަން އުޅޭ އިރު މާލޭ ވޯކޮޝޮޕު ތަކާއި ގުދަން ތަކުން ސަލާމަތް ކުރާނެ ވަޢުދު ތައްވޭ.

comment ހުނޭ

3 month 3 week ago

ޔަގީނޭ ނަގަންވާ ހުއްދަތައް ނުނަގާ ފޯރާ ކޮންމެވެސް ކުންފުންޔަކުން ހަދާފަ ހުރި ގުދަނެއްކަން މީހުން އުޅޭ ސަރަހައްދެއްގަ! ތި ނޫހަށް ކެރޭނެބާ އެކަމުގެ ތެދުދޮގު ބަލަން؟ އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ ދަށުން؟ ހުރިހާ ހުއްދަ ހަމަ ނޫން ނަމަ އެވާހަކަ ލިޔަން ކެރޭނެބާ؟ ހިސާބުގަނޑު މީހުންނަށާ އިމާރާތްތަކަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގަނީ ކާކު؟