MTCC
Dhiraagu

އިންޑިއާ އައުޓަކީ ޔާމީންގެ ހަރަކާތެއް، މިހާރު ހުންނެވީ އަޅުގަނޑުމެންނާ ދެކޮޅަށް: ޚަލީލް

މިހާރުގެ ސަރުކާރުގެ ވެރީން، އިދިކޮޅުގައި ތިއްބެވިއިރު ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތަކީ ޔާމީން އިސްނަންގަވައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި، މިހާރު އެ މަނިކުފާނު ހުންނެވީ ސަރުކާރާ ދުރުގައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

Ooredoo

މިހާރު އިންޑިއާއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި، އިންޑިއާގެ ވިއޯން ނޫހަށް ދެއްވި އިންޓަވިއުއެއްގައި މީގެ ކުރިން ދެ ގައުމުގެ ގުޅުން ހީނަރުވި ބައެއް ކަންކަމާ ގުޅޭގޮތުން ޚަލީލް ވާހަކަ ދެއްކެވިއެވެ.

އެގޮތުން މީގެ ކުރިން ހިންގި އިންޑިއާ އައުޓް ހަރަކާތަށް އަލިއަޅުވައިލައްވަމުން ޚަލީލް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިސް ނަންގަވައިގެން ކުރިއަށް ގެންދެވި ހަރަކާތެއް ކަމަށެވެ. އަދި މިހާރު އެ މަނިކުފާނަކީ ވެރިކަން ކުރާ ޕީއެންސީން މުޅި ދުރުގައި ހުންނެވި ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާއި، ކުރީގެ ރައީސް [ޔާމީން]އާ އޮތް ގުޅުމަކީ މުޅިން ތަފާތު ގުޅުމެއް. މިހާރު އެ މަނިކުފާނު ހުންނެވީ [މަންޒަރުން] މުޅިން ބޭރުގައި. އަދި މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރާ ދެކޮޅަށް،" ޚަލީލް ވިދާޅުވިއެވެ.

އެއާއެކު ރައީސް މުއިއްޒު ދެއްވާ ޔަގީންކަމަކީ އިންޑިއާއާއެކު ކުރިއަށްދާނީ މާ ބަދަހި ގުޅުމެއްގައި ކަމުގެ ޔަގީންކަން ކަމަށް ޚަލީލް ވިދާޅުވިއެވެ. އެއީ މި ސަރުކާރުން ދަމަހައްޓާނެ ސިޔާސަތުކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

"މާޒީއަކީ މާޒީ، ކުރިއަށް ދާއިރު އަޅުގަނޑުމެން އެ ކަންކަމުގައި ހިފާކަށްނުޖެހޭ،" ޚަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން އިންޑިއާއާ ދެކޮޅު އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. ނަމަވެސް ވިސްނަންވީ ކަމަކީ، ސަރުކާރުގައި ވެސް، ސަރުކާރުގެ ސިޔާސަތުތައް ކަމުނުދާ މީހުން އުޅޭނެކަން ކަމަށާއި، އެ ފަދަ މީހުން ޖަޒުބާތުގައި ދައްކާ ވަހަކައަކީ ސަރުކާރުގެ ސިޔާސަތު ނޫންކަމަށް ޚަލީލް ވިދާޅުވިއެވެ.

އަދި ކޮންމެ ގައުމަކާއެކު ވެސް، އަދި ޚާއްސަކޮށް އިންޑިއާއާއެކު ރާއްޖެއިން ބާއްވާ ގުޅުމުގައި، ރާއްޖެއިން ބޭނުންވާ ކަންކަން ވަރަށް ހާމަކަން ބޮޑުކޮށް ބުނެދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މި ފަހުން ވޮޝިންޓަން ޕޯސްޓުގައި އިންޑިއާއިން ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ރޭވުންތަކެއް ރޭވިކަމަށް ބުނެ ލިޔެފައިވާ ރިޕޯޓަކީ ވެސް މުޅިން ދޮގު ރިޕޯޓެއް ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި އެ ކަމުގައި ހަގީގަތެއް ނެތްކަމަށް ވެސް ފާހަގަކުރެއްވިއެވެ.

"އެއީ މުޅިން ދޮގު، އެ ތުހުމަތުތަކަކީ ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއްވެސް ތެދެއް ނެތް ތުހުމަތުތަކެއް،" އޭނާ ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ އަބަދުވެސް ދެ ގައުމުގެ ގުޅުން ހީނަރުކުރަން މަސައްކަތްކުރާ ބަޔަކު އުޅޭނެ ކަމަށާއި، ނަމަވެސް އިންޑިއާ ސަރުކާރުން ދަންނާނެ އަދި ދަމަހައްޓާނެ އިތުބާރަކީ ވެސް، އަބަދުވެސް ދިވެހި ސަރުކާރުން އިންޑިއާއާއެކު މަސައްކަތް ކުރަން ތިބޭނެކަމުގެ ޔަގީންކަންކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ޔާމީން އިސްނަންގަވައިގެން ކުރިއަށް ގެންދެވި ހަރަކާތެއްކަމަށް ޚަލީލް ވިދާޅުވިއިރު، މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންހެން އެ ހަރަކާތުގައި އަމަލީކޮށް ބައިވެރިވެފައިވެއެވެ.

އަދި ހަރަކާތް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ވެސް އޭރު ކުރެއްވިއެވެ.

Redstar
comment ކޮމެންޓް

comment ފުއާދު

3 month 2 week ago

އެހެންތޯ؟ ޑިސްމިސްޑް ޔޯ؟ ޝިއުނާ އެމްއޭސީއެލްގަ. މަލްޝާ އެޗްޑީސީގަ. މިއީ އަމިއްލަ މީހެއްގެ ދެ ކުންފުނިކަން މިއެގުނީ މިއަދު. ދެން ރ ޔާމީންގެ ހަރަކާތެކޯ؟ ކިހާގަދަ ޔާމީނު. މީނާ ސިޔާސީ ދާއިރާއަށް ނެރުނީ މުއިއްޒުދޯ.

comment ބެރީ

3 month 2 week ago

ޑިޕްލޮމެސީ ކިހާވަރަކަށްބާ އެނގެނީ. އަމިއްލަ ގައުމުގެ މީހުންނާ ދެކޮޅަށްވާހަކަ ދައްކާ މީހުންނާ ބޭރުމީހުންވެސް އިތުބާރު ނުކުރޭ.

comment ފ

4 month 2 week ago

ހާތްތެރީ ނިލަންދޫ ޚަލީލުބެ. ރައީސް ޔާމީނު ދަންނަންތޯ އެއްވެސް އިރެއްގައި؟

comment ޤާދިރު

4 month 2 week ago

މިވަރު ލަދުހަޔާތް ކުޑަ މީހަކު މަށަކުވާ ނުދެކެން.

comment ބޯރިންގ

4 month 2 week ago

އަމިއްލަވަންތަ ސިއާސަތެއްގެ މުސްތަގިއްލު މިނިވަންގައުމެކޭ އެހެންބަޔަކަށް ބަރޯސަނުވާނަމޭ، ޚާއްސަކޮއް އިންޑިއާގެ ތައްޕާހައް ނުވެއްޓޭނަމޭ ކިއާފަ ވެރިކަން ޕަކަޅައިގެން ތިބެ، އިންޑިއާއަށް ސަލާންޖަހާ ވާހަކައާއި އަޅުދާސްތުވެގެންގޮސް އިންޑިއާއަށް ސަޖިދަޖަހާ ވާހަކަ ދައްކަން ލަދެއްވެސް ނުގަނޭތަ!، އިންޑިއާއިން ހިލޭ އެހީއެއްނުވޭ، ލޯންދެނީ ބޮޑުއިންޓަރެސްޓް ލައިފަ.. އަޅުދާސްތުވިއަސް ތިދެން ތަންފުކެއް ބޮޑުވަރު..

comment ނެގިވަރު

4 month 2 week ago

އެހަރަކާތުން މަނިކުފާނުވެސްފެނުނު އަމަލީގޮތުންބައިވެރިވެސްވި މިހާރުސިއާސީމަގާމުތަކުގަތިބީއެމީހުން ކޮންމެސްގޮތަކުން ބޯދަމައިގަންނަނީ ތީދެފުއްކެހެރިން