ދިވެހިރާއްޖޭގައި ހައި އިމްޕެޓް ކޮމިއުނިޓީ ޑިވޮލޮޕްމެންޓް ޕްރޮޖެކްޓްސް އެޗްއައިސީޑީޕީގެ ތިންވަނަ ފިޔަވަހި ތަންފީޒުކުރުމަށް އިންޑިއާއާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުރެއްވުމަށް ފަހުގައެވެ.

އެޗްއައިސީޑީޕީގެ ތިންވަނަ ފިޔަވަހި ތަންފީޒުކުރަން ރާއްޖެއިން އިންޑިއާޔާއެކު ސޮއިކޮށްފި ----
އެ ބައްްދަލުވުމަށްފަހު ޖައިޝަންކަރުގެ ރަސްމީ އެކައުންޓުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މިނިސްޓަރު ޚަލީލާއެކު ބޭއްވުނު ބައްދަލުކުރެއްވުމުގައި ތަރައްގީގެ އެއްބާރުލުމާއި އިގްތިސޯދީ، ސަލާމަތީ، ފިންޓެކް އަދި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އަދި ރާއްޖޭގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް އެޗްއައިސީޑީޕީގެ ދެވަނަ ފިޔަވަހި ތަންފީޒުކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާކަމަށް ވެސް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.
އަދި އިންޑިއާގެ އަވަށްޓެރި ގައުމުތަކަށް އިސްކަންދޭ ސިޔާސަތު (އެސްއޭޖީއޭއާރު) ވިޝަންއާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖޭގެ ކުރިއެރުމާއި ފާގަތިކަމަށް އިންޑިއާއިން ދެމިހުންނާނީ ވަރުގަދަ އެހީތެރިއެއްގެ ގޮތުގައި ކަމަށް ވެސް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.
ޚަލީލް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާފައި ވަނީ އިއްޔެއެވެ. ސަރުކާރު ފެށުނުއިރު ހެލްތު މިނިސްޓަރުގެ ގޮތުގައި ހުންނެވި ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ 30ގައި ފޮރިން މިނިސްޓްރީއާ ހަވާލުވެވަޑައިގަތުމަށް ފަހު ސަމޯއާ އާއި ސައުދީ އަރަބިއްޔާގެ އިތުރުން އޮމާންއަށް ވެސް ޚަލީލް ވަނީ ރަސްމީ ދަތުރުފުޅުތައް ކުރައްވާފައެވެ.

އެޗްއައިސީޑީޕީގެ ދެވަނަ ފިޔަވަހި ތަންފީޒުކުރަން ރާއްޖެއިން އިންޑިއާޔާއެކު ސޮއިކޮށްފި ----
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ވައުދު ފުއްދަވާފައެވެ.
އިންޑިއާގެ ސިފައިންނާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ 'އިންޑިއާ އައުޓް' ކެމްޕެއިނާ ގުޅިގެން ރާއްޖެއާއި އެގައުމާ ދެމެދު ނުތަނަސްކަން އުފެދިފައި ވަނިކޮށް، މި އަހަރުގެ ކުރީކޮޅު ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރާއި ރައްޔިތުންނަށް ކުޑައިމީސް ކުރުމާ ގުޅިގެން ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ.

އެޗްއައިސީޑީޕީގެ ދެވަނަ ފިޔަވަހި ތަންފީޒުކުރަން ރާއްޖެއިން އިންޑިއާޔާއެކު ސޮއިކޮށްފި ----
އެ މައްސަލައާ ގުޅިގެން އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ބޮޑު ކެމްޕެއިނެއް ފެށިއިރު، މި އަހަރު އައި ފަތުރުވެރިންނަށް ބަލާއިރު އެގައުމުގެ މާކެޓް ހިއްސާ ވަނީ ކުޑަވެފައެވެ. ނަމަވެސް އިންޑިއާއާ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއްކޮށް، ގުޅުން ރަނގަޅުވެފައިވާ ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.
comment ސިފް
3 month 3 week ago
މި ވެރިން ނިކަން މޮޅެތި ވާހަކަ އާއި ޓާރަމްތަށް ބޭނުންކޮއް ދަޅަދައްކާ.. ފިންޓެކޭ، އޭއައިއޭ، ހައިއިމްޕެކްޓް ކޮމިއުނިޓީއޭ.. ދޮލަނގޭ ކިޔާނެ. ކުރެވުނު ހާސިލުވި އެއްކަމެއްވެސް ނެތް. އެއްވެސް ޖުމްލަ މައިގަނޑު ގައުމީ ޕުލޭނެއް ވިޝަނެއް ނެތި ފޮޓޯނެގުމާއި ދަތުރުކުރުން އޮތީ. ދިވެހިން މިހެންތިއްބާ ލަންކާގެ އައު ސަރުކާރުން އެތަން ކުރިޔަށް އޮތް ފަސް ވަރަކަށް އަހަރުތެރޭ މި ސަރަހައްދުގެ އިގުތިސޯދީ ބާރަކަށް ހަދާލާނެ. އަހަރެމެން ތިބޭނީ އިންޑިޔާގެ ދަރަންޏާއި އެކިއެކި ތާކުންތާކު ނުޖެހޭ އެގުރީމަންޓުތަކުގައި ސޮއި ކުރަމުންގޮސް އިންޑިޔާގެ ދަށުން ހިލިނުގަނެވޭވަރަށް ހިލި ހިލާޖެހިފަ. ދެން އިންޑިޔާގެ ކޮންމެވެސް ވެރިޔަކު ޑޮލަންޑު ޓުރަމްޕު ކެނެޑާއައި ބެހޭގޮތުން ބުނިހެން ރާއްޖެއަކީ އިންޑިޔާއާއި ނުލާ އެއްކަމެއްވެސް ކުރެވޭނެ ތަނެއް ނޫނޭ، އަދި މިހާރުވެސް އަހަރުކު މިވެނި އެވެނި ވަރަކަށް ތިމަންނާމެން ރާއްޖެއަށް މާލީ އެހީދީގެންނޭ އެތިބެވެނީ، ދެން އެކަމަކު އެއްކަމެއްވެސް ކުރެވޭނީ އިންޑިޔާގެ ސުޓޭޓަކަށް ރާއްޖެ ހެދުމަށްފަހުއޭ.މިހެން ބުނާ ދުވަސް އޮތީ ގާތުގައިކަން އިހުސާސް
comment ލލ
3 month 2 week ago
އިންޑިޔާ އަކީވެސް އެހެން ޤައުމުތަށް ފަދައިން އިންވެސްޓު ކޮށްގެން ބޮޑު ފައިދާ ހޯދަން އުޅޭ ޤައުމެއް ! އިންޑިޔާގެ ވިޔަފާރި ބާޒާރަކަށް ދިވެހި ބާޒާރު ވުމުން ްެއީ އިންޑިޔާގެ ވިޝަން ކާމިޔާބުވީ !