މާލެ ބޭރުގައި ބަނދަރު ކުރި ދެ ކުރޫޒުލައިނާއިން ގިނަ އަދަދެއްގެ ޓޫރިސްޓުން މާލެ ފައިބައިފިއެވެ.
އިއްޔެ އާއި މިއަދު އައި ދެ ކުރޫޒުލައިނާއާއެކު މި ސީޒަންގައި ރާއްޖެއަށް ވަނީ ތިން ޝިޕް ބަނދަރުކޮށްފައެވެ.
ސީޒަންގެ ދެވަނަ ކްރޫޒްލައިނާ، "އެމްއެސް ނޯވީޖިއަން ސްކައި" މާލެ އައިސްފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. މި ކްރޫޒްލައިނާއިން 1872 ފަސިންޖަރުން އައިސްފައިވެއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އެޖެންޓްސް (މާޔާ)އިން ބުނީ އެ ކްރޫޒްލައިން ރާއްޖޭގައި ދެ ދުވަސް ހޭދަކުރާނެ ކަމަށެވެ.
ސީޒަންގެ ތިން ވަނަ ކުރޫޒުލައިނާ ކަމަށްވާ, "އެމްއެސް ރިވިއޭރާ" ދެހާހެއްހާ ފަސިންޖަރުންނާއެކު މާލެ ބަނދަރު ކޮށްފައިވަނީ މިއަދު ހެނދުނެވެ.
އެ ދެ ކުރޫޒުލައިނާއިން ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަނީ މާލެ ފައިބަމުންނެވެ.
ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާ، "އެމްއެސް އައިޑާ ސްޓެލާ" މާލެ އައިސްފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. މި ކްރޫޒްލައިނާއިން 2،140 ފަސިންޖަރުންނާއި 639 ފަޅުވެރިން ވަނީ އައިސްފައިވެއެވެ.
މާޔާގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ބުނެފައި ވަނީ ސީޒަންގައި ގާތްގަނޑަކަށް 14 ނުވަތަ 15 ކްރޫޒްލައިނާ ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ސީޒަން ނިމޭނީ އަންނަ އަހަރުގެ މާޗު މަހަށް ކަމަށް ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ މިއަހަރު ރާއްޖެ އަންނަ ކްރޫޒްލައިނާގެ އަދަދަކީ މާޔާއިން އުންމީދުކުރާ ވަރަށް ވުރެ ދަށް އަދަދެއް ކަމަށެވެ.
ކުރޫޒު ލައިނާތަކެއް ރާއްޖެ އަންނަން ފަށާފައިވާއިރު މި އަހަރު ރާއްޖެއަށް ޓޫރިސްޓުން ގެންނަން ކަނޑައެޅި އަމާޒު ކަމަށްވާ, ދެ މިލިއަން ވަނަ ފަތުރުވެރިޔާ ވަރަށް ފަހުން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.
comment އިޝް
4 month 3 week ago
ތިއީ ހުސް ރާއްޖެއަށް އައި ޓޫރިސްޓުން ކަމަށް ދޯ ވާނީ. ތިއީ ބޮޑު މެގަ ޕުރޮޖެކްޓެއް މިސަރުކާރުގެ.
comment ފޭދޫ މުދިންކަލޭފާނު
4 month 3 week ago
އަސްލު މިފަދަ ފުރުސަތެއް ލިބުނީމަ ކޮންމެވެސް ވަރަކައް ތައްޔާރު ވެލައިގެން ލިބޭތާ ލިބިގަންނަން ވީމަ ފެންނަނީ އެސްޓީއޯ ޓްރޭޑް ސެންޓަރުވެސް ގިނަ ވަގުތު ބަންދުކޮއްފަ ގެސްޓުން ބޭރުގަ ތިބޭތަން އަދި ރެސްޓޯރަންޓް ތަކުންވެސް ވަރުގަދަ މެނު ނެރެ އިސްތިހާރު ކޮއް ހަދަން ވީމަ ފެންނަނީ ވަރިހަމަ ވެފަ ތިބޭ މަންޒަރު. އެއްވެސް ކަހަލަ ތައްޔާރުވުމެއް ނުފެނި މަރުވެފަ އޮންނަ ވެއްޓެއް ފެނިގެން ދަނީ.
comment ލލ
4 month 3 week ago
ޑޮލަރު ތިޔާގެ ވަނީ ! ޑޮލަރު ތިޔާގެ ވަނީ ! ޑޮލަރު ތިޔާގެ ވަނީ !
comment އަލީ
4 month 3 week ago
ޔާމީން އާއި އެމްޑީޕީ މޮޔަވެދާނެ މިގައުމަށް އާމްދަނީ އެއް ލިބި ކުރިއަރަންޏާ