މި ވަގުތު ރާއްޖޭގެ އެންމެ ބިޒީ ފިލްމު ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމެންޓުން އެންމެ އަވަހަށް ނެރެން ތައްޔާރުވާ އުފެއްދުމުގެ މައުލޫމާތު ހިއްސާކޮށްފިއެވެ.
ޑާކްރެއިންއިން ދާދި ފަހުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި އެ ޕްރޮޑަކްޝަނުން އެންމެ އަވަހަށް ނެރެން ހަމަޖެހިފައިވަނީ "ފެށުމާއި ނިމުން" ނަމަށް ކިޔާ ޝޯއެކެވެ.
ޑާކްރެއިންއިން ވެބް ސީރީޒެއް އިއުލާނުކޮށްފައިވަނީ އާ ޝޯއެއް ދައްކަން ފަށަން ތައްޔާރުވެފައިވަނިކޮށެވެ. އަންނަ ހޯމަ ދުވަހު ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ "ރޯލީމޭ" ކިޔާ ޑްރާމާ ޝޯއެކެވެ.
އަލަށް އިއުލާނުކޮށްފައިވާ ޝޯގެ ފަހަތުގައި ވެސް ވަނީ ރޯލީމޭގެ ކްރޫއެވެ. އެގޮތުން، މި ޝޯގެ ސްކްރީންރައިޓަރަކީ ޝަހުދާ މަމްދޫހެވެ. ޑައިރެކްޓުކުރަން ހަމަޖެހިފައިވަނީ އަލީ ޝަފީއު (ޗިއްޕެ)އެވެ. މި ދެ މީހުންނަކީ ރޯލީމޭގެ މަސައްކަތް ވެސް އެކީގައި ކޮށްފައިވާ ދެ މީހުންނެވެ.
އައިޝަތު ފުވާދާއި މުހައްމަދު އަލީ (މޮގާ) ޑައިރެކްޓްކުރާ މި ޝޯގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަންނަ އަހަރުގެ ކުރީކޮޅުގައި މި ސްކްރިޕްޓް ނިންމައި ޝޫޓިން ފެށުމަށް ވަނީ ހަމަޖެހިފައެވެ. ޝޯގެ ކާސްޓުން އަދި ހާމަކޮށްފައެއް ނުވެއެވެ. ޕްރޮޑަކްޝަނުން ބުނާ ގޮތުގައި ޝޯގެ ކާސްޓުން ފައިނަލްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ޑާކްރެއިންއަށް މި އަހަރަކީ ވަރަށް ބިޒީ އަހަރެކެވެ. ބޮޑު ހިޓު ފިލްމުތަކެއް ނެރުމަށް ފަހު މިހާރު ތައްޔާރުވަނީ ލޯބީގެ ވާހަކައެއް ކިޔައިދޭ ޝޯއެއް ރިލީޒްކުރުމަށެވެ. މިދިޔަ އަހަރު ޑާކްރެއިންއިން ވަނީ ގިނަ އަދަދަކަށް ޕްރޮޖެކްޓުތަކެއް އިއުލާނުކޮށްފައެވެ. މި އުފެއްދުންތަކުގެ މަސައްކަތް އެކި މަރުހަލާގައި ހުރިއިރު އެކި ކާސްޓާއި ކްރޫއާ އެކު ފިލްމުތަކާއި ޝޯތަކުގެ މަސައްކަތް އެކީގައި ކުރިއަށް އެބަދެއެވެ.