ވޮޝިންޓަން (ނޮވެންބަރު 26, 2024): ނަސާރާއިންގެ އީދުމީލާދު ނުވަތަ ކްރިސްމަސް ދުވަހުގެ މުނާސަތުގައި އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް މިކްސްޑް ނުވަތަ ފުށުއަރާ މެސެޖްތަކެއް ދެއްވައިފިއެވެ.
އެމެރިކާގެ ބިގްޓެންޓް ސޯޝަލް މީޑީއާގެ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް"ގައި ލިޔުއްވި ޕޯސްޓްތަކެއްގައި ޓްރަމްޕް ވަނީ އެމެރިކާގެ ކަނާތު ފިޔައިގެ ފިކުރުގެ މީހުންނަކީ ދުނިޔޭން މޮޔަނުވެ ތިބި ސިކުނޑި ހަމަނުޖެހޭ މޮޔައިންކަމަށް ސިފަކުރައްވައި އެ މީހުން އެމެރިކާގެ ވެރިކަމުގެ ނިޒާމަށް ހުރަސްއަޅާކަމަށް ތުހުމަތުކުރައްވާފައެވެ.
ނަމަވެސް, 2020 ވަނަ އަހަރުގެ އިންތިޚާބުން ލިބިވަޑައިގަތް ނާކާމިޔާބީއާ އެކު އެމެރިކާގެ އިންތިޚާބީ ނިޒާމުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދަވައި ވާހަކަދައްކަވާފައިވަނީ ޚުދު ޓްރަމްޕެވެ. އެމެރިކާގެ އިންތިޚާބުތަކުގައި ވޯޓުއޮޅުވާލާކަމަށް ސީދާގޮތެއްގައި ޓްރަމްޕްވަނީ ތުހުމަތުކުރައްވާފައެވެ.
ނަސާރާއިންގެ ޢީދުމީލާދު ނުވަތަ ކްރިސްމަސް ދުވަހުގެ މުނާސަތުގައި "ޓްރުތް ސޯޝަލް"ގައި ޓްރަމްޕް ލިޔުއްވި ޕޯސްޓްތަކުގެ އަދަދު 30 އަށް އަރާފައިވާއިރު އެއްޕޯސްޓްގައި ޓްރަމްޕް ވަނީ ޕެނަމާ ކެނެލް ހުރަސްކުރާ އެމެރިކާގެ އާގު ބޯޓުތަކުން ނަގާ ފީގެ އަގު ބޮޑުކަމަށް ވިދާޅުވެ، އެމެރިކާ ރުހޭގޮތަށް އެކަންއިސްލާހު ނުކޮށްފިނަމަ ޕެނަމާ އަތުން ޕެނަމާ ކެނެލް އަތުލާނެކަމަށް ވިދާޅުވެފައިވާ ވާހަކަތަކާއި އެމެރިކާގެ ސްޓޭޓަކަށް ކެނޑާ ހަދާ ވާހަކައާ އަދި ގްރީންލެންޑް ގަތުމާބެހޭގޮތުން އޭނާ ދެއްކެވި ވާހަކަފުޅުތަކަށް ވެސް އަލިއަޅުއްވާލައްވައި އެކަންކަން ހަނދާން ކޮށްދެއްވާފައެވެ.
ޓްރަމްޕްގެ މި ޕޯސްޓްތަކުގައި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ސިފަކުރައްވާފައިވަނީ އެ ގައުމުގެ ބޮޑުވަޒީރުގެ ބަދަލުގައި ކެނެޑާގެ ގަވަރުނަރުގެ ގޮތުގައެވެ. ކެނެޑާގެ އުފެއްދުންތަކުން އެމެރިކާ ނަގާ ޓެކްސް 60 އިންސައްތައަށް ބޮޑުކުރާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވާއިރު އެމެރިކާގެ ސްޓޭޓަކަށް ކެނެޑާ ވެއްޖެނަމަ އެ ގައުމުގެ އުފެއްދުންތަކުން ޓެކްސް ނެގުން ނިމުމަކަށް އަންނާނެކަމަށް ވިދާޅުވެ، ކުރިން ޓްރަމްޕް ދައްކަވާފައިވާ ވާހަކަތައް އަލުންވަނީ ތަކުރާރުކުރެއްވިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ޕެނަމާ ކެނެލް ހުރަސްކުރާ ޗައިނާގެ ކޮންޓޭނަރު ބޯޓުތައް ގިނަވުމަކީ ލެޓިންއެމެރިކާގައި އޮންނަ އެމެރިކާގެ ބާރާއި ނުފޫޒަށް ލޮޅުން އަރާނެކަމެކެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި ޕެނަމާ ކެނެލްގެ މަރާމާތުތައް އެމެރިކާގެ ކުންފުނިތަކުން ކުރާއިރު އެކެނެލް ހުރަސްކުރާ އެމެރިކާގެ ބޯޓުތަކަށް ޚާއްސަ އިމްތިޔާޒުތަކެއް އޮންނަންވާނެއެވެ. ނޫނީ އެ ތަންޖެހޭނީ އެމެރިކާގެ ބާރުގެ ދަށަށް ގެންނާށެވެ.
މީގެ އިތުރުން، ކްރިސްމަސް ދުވަހުގެ މުނާސަތުގައި ޓްރަމްޕް ކުރެއްވި ޕޯސްޓްތަކުގައި އެމެރިކާގެ ރައްޔިތުންގެ އިތުރުން އެމެރިކާ ސިފައިންނަށާއި އެމެރިކާގައި އަލިފާން ނިއްވުމުގެ ޚިދުމަތް ދޭ ފަރާތްތަކަށްވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ޓްރަމްޕް ދާދިފަހުންވަނީ އެއްޖިންސުން ގުޅުންހިންގާ މީހުންނަކީ ގުދުރަތީ ގޮތުން އޮންނަ އާއިލީ ނިޒާމު ހަލާކުކޮށްލާ ނުރައްކާތެރި ބައެއް ކަމަށް ސިފަކުރައްވާފައެވެ.
ގުދްރަތީ ގޮތުން އޮންނަ ދެ ޖިންސް (ފިރިހެނުންނާއި އަންހެނުން)ގެ އިތުރުން އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ޚާއްސަކޮށްގެން ޖެންޑާގެ ނަމުގައި ތިންވަނަ ޖިންސެއް އުފައްދައިގެން ލެބަރަލް ފިކުރުގެ މީހުން ޖަހާ ސަކަރާތަކީ އިންސާނީ ނަސްލަށް ނުރައްކާތެރި ކަމެއް ކަމަށާއި އެ ކަންކަމަށް ފުރުސަތު ދެވެން ނޯންނާނެކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ދާދި ފަހުން ވާހަކަދައްކަވާފައެވެ.
ގުދުރަތީ ގޮތުން އޮންނަ ދެ ޖިންސް (ފިރިހެނުންނާއި އަންހެނުން)ގެ އިތުރުން އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ޚާއްސަކޮށްގެން ޖެންޑާގެ ނަމުގައި ތިންވަނަ ޖިންސެއް އުފައްދާފައިވަނީ ޓްރަމްޕް އެ ސަރަހައްދަކަށް ނިސްބަތްވާ ހުޅަނގުގެ ފިކުރުގެ ތެރެއިންނެވެ. އެއް ޖިންސުގެ ގުޅުންތައް ޕްރޮމޯޓްކުރަނީ ވެސް ޔޫރަޕާއި އެމެރިކާ ފަދަ ހުޅަނގުގެ ގައުމުތަކުންނެވެ.