ވެހުނު ވާރެއާއެކު މި އަހަރުގެ "އުރީދޫ ފަންރަން" އުފާވެރި ކުލަ މަޖާ ގަނޑެއްގެ ގޮތުގައި ކުރިއަށް ގެންގޮސް ނިންމައިލައިފިއެވެ.
މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިޔަށްދިޔަ މި ހަރަކާތް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

މި އަަހަރުގެ އުރީދޫ ފަންރަން: ވެހުނު ވާރެއާއެކު އުފާވެރި ކުލަ މަޖާގަނޑެއް -- ފޮޓޯ/ ވޮއިސް
މި ރަސްމިއްޔާތުގައި މި ފެށޭ އަހަރުގެ "އުރީދޫ ފަންރަން" ބޭއްވުމަށް ބޭއްވުމަށް ކަނޑައަޅާފައިވަނީ ފުވައްމުލައް ސިޓީގައިކަން ވެސް ވަނީ ހާމަކޮށްފައެވެ. އަދި މި ރަސްމިއްޔާތުގައި އުރީދޫގެ ފަރާތުން ފުވައްމުލައް ސިޓީގެ މޭޔަރަށް ހަނދާނީ ފިލައެއް ވެސް ހަވާލުކޮށްފައިވެއެވެ.
އުރީދޫ ފަން ރަން 2024 ފެށުމުގެ ކުރިން ނައިބު ރައީސް ވަނީ އުރީދޫ ފަން ރަންގެ ބައިވެރިންގެ ޚާއްސަ ސެލްފީއެއް ނަންގަވާފައެވެ.

މި އަަހަރުގެ އުރީދޫ ފަންރަން: ވެހުނު ވާރެއާއެކު އުފާވެރި ކުލަ މަޖާގަނޑެއް -- ފޮޓޯ/ ވޮއިސް
އުރީދޫ ފަން ރަން 2024 އަކީ އުރީދޫއިން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ ހަވަނަ ދުވުމެވެ. މި އަހަރު މި ދުވުމުގައި 6،000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.
މީގެ ތެރޭގައި އެކި އުމުރުގެ މީހުން ހިމެނެއެވެ.