MTCC
Ooredoo

އަނެއްކާ ވެސް މާލޭ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއަކުން އަނެެއްކާވެސް މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

Ooredoo

މިކަން ފުލުހުނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 01:27 ގައެވެ. މި މީހާ މަރުވެފައި އޮއްވާ ފެނުނީ ގަލޮޅުގައި ހުންނަ ގެއަކުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ގ. ބިއުޓީވިލާ, ދާއޫދު ޖިންމްރީޒް (45އ) އެވެ.

އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށް އެއް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ދަނީ މި ކަން އިތުރަށް ތަހުގީގުކުރަމުންނެވެ.

އިއްޔެގެ ވަގުތެއްގައި ވެސް ވަނީ މާލޭގެ ގަލޮޅުގައި ހުރި ގެއެއްގެ ތެރޭގައި ޒުވާން ފިރިހެނަކު މަރުވެފައި އޮއްވާ ފެނިފައެވެ. އިއްޔެ މަރުވެފައި އޮއްވާ ފެނުނީ ގ. ފްރެސް ލައިޓް، އަލީ ރަޝީދެވެ.

Redstar
comment ކޮމެންޓް

comment ލުގުމާން

4 month 4 week ago

ައަލައްތަ މީހުން މަރުވެފައި އޮއްވާ ފެންނަނީ؟ ދުނިޔެ ފެށުނީއްސުރެ ހިނގަމުން އައްނަ ކަމެ މީހުން މަރު ވުމަކީ

reply މޫން

4 month 4 week ago

ބުރޯ ބިރުގަތީތަ ؟؟ ކޮންމި މަރަކީ ދިރިހުރި މީހުނަށް ހަދާންކޮށްދިނުމެއް، އެއްވެސްމީހަކަށް އެމީހެއްގެ ގަޑި އެއްނޭގޭ، އެގެނީ ކޮންމި މީހަކީވެސް މަރުވާނެ މީހެއްކަން. މިހާރު ކުއްލި މަރުތަކާއި، ވާނުވާނޭގޭ މަރުތަށް ގިނަވުމަކީ ވިސްނާލަންޖެހޭ އަދި ބިރުވެތި ވާންޖެހޭކަމެކެވެ. ގިނަގިނައިން މަރުމަތިން ހަދާންކޮށް ހެއްދެވި ފަރާތަށް ތައުބާވެ އަޅުކަން ކުރުންމަތީ ދެމިތިބުމަކީ ރަނގަޅުގޮތް.

reply ޙަކީމް

4 month 4 week ago

އެބުނާހެން. މަރުވެފަ އޮއްވާ ފެނުންއެއީ މައްސަލައެއް ނޫން. ނުފެނިއްޖެއްޔާ އެކަމު މައްސަލައަކަށް ވާނެ.