މިސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ފެނަކައަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގައި, ހަތަރު ސަތޭހައެއްހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
ފެނަކައަކީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ވެރިކަމުގައި އެންމެ ބޮޑަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވުނު އެއް ކުންފުންޏެވެ. ކުރަން ނުވާނެ ގޮތަކަށް އެތައް ކަމެއް ކުރި ކަމަށް ތުހުމަތު ކުރެވޭ އެ ކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. ދަރަނި އިންތިހާއަށް ބޮޑެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަން ނިމުނުއިރު ފެނަކައިގައި ދެހާހެއްހާ މުވައްޒަފުން ތިބިއިރު ސާލިހުގެ ވެރިކަން ނިމުނުއިރު އެ އަދަދު ވަނީ ހަހާހަށް ވުރެން އިތުރުވެފައެވެ. އަދި ސިޔާސީ ބޭނުމަށް އެ ކުންފުނި ބޭނުން ކުރާ ކަމުގެ އެތައް ތުހުމަތެއް ކުރެވެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެދުނު މައުލޫމާތު ހިއްސާ ކުރަމުން ފެނަކައިން މިއަދު ބުނީ މި ސަރުކާރުން ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން މި އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް އެ ކުންފުންޏަށް ޖުމުލަ 1392 މުވައްޒަފުން ނަގާފައިވާ ކަމަށެވެ.
މުވައްޒަފުން ނަގަން ޖެހުނީ ކުންފުނީގެ ބައެއް ދާއިރާތަކަށް ފަންނީ މުވައްޒަފުން ބޭނުންވާތީ ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނީ މި މުއްދަތުގައި އެ ކުންފުނިން ވަކި ކޮށްފައިވަނީ 404 މުވައްޒަފުން ކަމަށެވެ.
އަލަށް ވަޒީފާދިން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ތަފުސީލަށް އެދުމުން ފެނަކައިން ބުނީ އެ މައުލޫމާތު ދެވެން ނެތް ކަމަށެވެ.
comment ސަޅި
4 month 20 hour ago
ވާވު
comment ދޮން ބަބުރު ސޮރު
4 month 1 day ago
ޑިމަކޮރަސީ ޑިމަކޮރަސީ، އޭ ހުރި ހަލާކެއްގެ ބޮޑު ކަމާއި މި ގައޮމެތް ނެތް ޖެހުނު ކޮންމެ ތަނަކުން ގައޮމު ނޮޅަނީ.!