ދިވެހިބަހުގެ އެކެޑަމީގެ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށްފި

ދިވެހިބަހުގެ އެކެޑަމީގެ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާ -- ސަން ފޮޓޯ

މި އަހަރު ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ ބައެއް މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ރޭ ބާއްވައިފިއެވެ.

ތާޖުއްދީން ސްކޫލްގައި ރޭ ނާތީޖާ ފާޅުކޮށްފައިވަނީ ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ ތިން މުބާރާތްކަމުގައި ވާ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 39ވަނަ ގައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36ވަނަ ގައުމީ މުބާރާތުގެ އިތުރުން ހުތްޢަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 27ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމެވެ.

މި ތިން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މަހުމޫދު ޝައުގީއެވެ. އަދި, ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި އެކެޑަމީގެ ރައީސް އަޝްރަފް ޢަބްދުއްރަޙީމް ވެސް ވަނީ މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.

މި ތިން މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލާއިގެން ބާއްވާފައިވާ މުބާރާތްތަކެކެވެ.

މި މުބާރާތްތަކުން އިސްކޫލުތަކުގެ ބައިގެ ކޮންމެ އުމުރުފުރާއަކުންނާއި އަމިއްލަ ފަރާތްތަކުގެ 18އަހަރުން ދަށާއި 18އަހަރުން މަތީގެ ގިންތީން އެއްވަނަ، ދެވަނަ، ތިންވަނަ ދަރިވަރުންނާއި، މީހުން ވަނީ ހޮވާފައެވެ.

ދިވެހިބަހުގެ އެކެޑަމީގެ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާ -- ސަން ފޮޓޯ

މަޒުމޫނު ލިޔުމުގެ 39ވަނަ ގައުމީ މުބާރާތުން އެއްވަނަ ހާސިލުކުރި ބައިވެރިން:

  • ދަށު ސާނަވީ ގިންތި: އާއިޝަތު ވަސީފު/ ޝަރަފުއްދީން ސްކޫލް
  • ސާނަވީ ގިންތި: އާއިޝަތު މަލާކް ގުސައްޔު/ ޣާޒީ ސްކޫލް
  • މަތީ ސާނަވީ ގިންތި: ޝުއާއު އިސްމާއިލް ޝާން/ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
  • އަމިއްލަ ފަރާތްތަކުގެ ބައި 18 އަހަރުން ދަށް: ހައްވާ ޒާއިން ޒަމީލް، މ. ސަމޭދާން، މާލެ
  • އަމިއްލަ ފަރާތްތަކުގެ ބައި 18 އަހަރުން މަތި: ޝިމްލާ އާދަމް، ފްލޮރެންސް، ގއ. ދާންދޫ

ކުރުވާހަކަ ލިޔުމުގެ 36 ވަނަ ގައުމީ މުބާރާތުން އެއްވަނަ ހާސިލުކުރި ބައިވެރިން:

  • ދަށު ސާނަވީ ގިންތި: ފާތިމަތު އަޒްކާ އަބްދުﷲ/ ޖަމާލުއްދީން ސްކޫލް
  • ސާނަވީ ގިންތި: ފާތިމަތު ޔަޝްމީ ފާއިޒު/ ފުނަދޫ ސްކޫލް
  • މަތީ ސާނަވީ ގިންތި: ސާއިބް މުހައްމަދު ޛަހީން/ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް
  • އަމިއްލަ ފަރާތްތަކުގެ ބައި 18 އަހަރުން ދަށް: ޝާޔާން އަބްދުﷲ އާމިރު، ގުލްޒާރުގެ، ބ. ތުޅާދޫ
  • އަމިއްލަ ފަރާތްތަކުގެ ބައި 18 އަހަރުން މަތި: ރަމްޒީނާ މުހައްމަދު، ރަތްވިލާގެ، ނ. ޅޮހި

ޅެންހެދުމުގެ 27ވަނަ ގައުމީ މުބާރާތުން އެއްވަނަ ހާސިލުކުރި ބައިވެރިން:

  • ދަށު ސާނަވީ ގިންތި: ފާތިމަތު މިޝްކާ އަބްދުލްމަޖީދު/ ޖަމާލުއްދީން ސްކޫލް
  • ސާނަވީ ގިންތި: ފާތިމަތު ސާރާ ނަޒީރު/ ޖަމާލުއްދީން ސްކޫލް
  • މަތީ ސާނަވީ ގިންތި: ޖުމާނާ ހަމީދު އަލީ/ އިހަވަންދޫ ސްކޫލް
  • އަމިއްލަ ފަރާތްތަކުގެ ބައި 18 އަހަރުން މަތި: އަލީ ނައުފަލް، އޯކިޑްމާގެ، ށ. ޅައިމަގު

ދިވެހިބަހުގެ އެކެޑަމީގެ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާ -- ސަން ފޮޓޯ

މިއިން ކޮންމެ މުބާރާތަކުން އިސްކޫލުތަކުގެ ބައިން، ކޮންމެ އުމުރުފުރައަކުން އެންމެ މޮޅު 10ދަރިވަރުން ވަނީ ހޮވާފައެވެ. އަދި ތިން މުބާރާތުގެ ސްކޫލްތަކުގެ ބައިން ކޮންމެ އުމުރުފުރާއަކުން ވަނީ އެންމެ މޮޅު އިސްކޫލު ހޮވާފައެވެ. އެ އިސްކޫލުތަކަކީ:

މަޒުމޫނު ލިޔުމުގެ 39ވަނަ ގައުމީ މުބާރާތުން އެއްވަނަ އިސްކޫލު:

  • ދަށު ސާނަވީ ގިންތި: އިހަވަންދޫ ސްކޫލް
  • ސާނަވީ ގިންތި: ޖަމާލުއްދީން ސްކޫލް
  • މަތީ ސާނަވީ ގިންތި: އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް

ކުރުވާހަކަ ލިޔުމުގެ 36 ވަނަ ގައުމީ މުބާރާތުން އެއްވަނަ އިސްކޫލު:

  • ދަށު ސާނަވީ ގިންތި: ޖަމާލުއްދީން ސްކޫލް
  • ސާނަވީ ގިންތި: ޖަމާލުއްދީން ސްކޫލް
  • މަތީ ސާނަވީ ގިންތި: އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ

ޅެންހެދުމުގެ 27ވަނަ ގައުމީ މުބާރާތުން އެއްވަނަ އިސްކޫލު:

  • ދަށު ސާނަވީ ގިންތި: އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ
  • ސާނަވީ ގިންތި: ޖަމާލުއްދީން ސްކޫލް
  • މަތީ ސާނަވީ ގިންތި: އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް

މި އަހަރުގެ މަޒުމޫނު ލިޔުމުގެ މުބާރާތުގައި އިސްކޫލުތަކުގެ ދަރިވަރުންނާއި އަމިއްލަ ފަރާތްތައް ހިމެނޭހެން 999 ބައިވެރިންނާއި، ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި 931 ބައިވެރިންނާއި ޅެންހެދުމުގެ މުބާރާތުގައި 493 ބައިވެރިން ވަނީ ވާދަކޮށްފައެވެ. މި މުބާރާތްތަކުގައި 121 ސްކޫލެއްގެ ދަރިވަރުންނާއި އަމިއްލަ މީހުންނާ އެކު ޖުމުލަ 2423 މީހުން ބައިވެރިވިއެވެ. މި މުބާރާތްތަކުގައި އަތޮޅުތަކުން 100 ސުކޫލަކުންނާއި މާލޭ ސަރަހައްދުން 21 އިސްކޫލަކުން ވަނީ ވާދަކޮށްފައެވެ.

މި މުބާރާތްތަކަކީ މުޅި ރާއްޖޭގައި އެއް ވަގުތެއްގައި ދާދިވަރުގަދަކޮށް މޮނިޓާކޮށްގެން ލޯކަލް ގަވާމެންޓު އޮތޯރިޓީއާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާ އެކުގައި ކުރިއަށް ގެންދިޔަ މުބާރާތްތަކެކެވެ.

comment ކޮމެންޓް