އިޓާލިއަން ސެރީއާގައި ޔުވެންޓަސްއަށް ބޮލޯނިއާ ބަލިނުކުރެވި، އެއްވަރުވެއްޖެއެވެ.
ޔޫވޭގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މެޗުގައި ޔޫވޭއިން އެ ޓީމުގެ ދެ ލަނޑު ޖަހާފައިވަނީ ބޮލޯނިއާއިން ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައެވެ. މެޗުގެ ފުރަތަމަ ލަނޑު ބޮލޯނިއާއިން ކާމިޔާބުކޮށްފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑޭން އެންޑޯޔޭއެވެ. މެޗުގައި ބޮލޯނިއާގެ ދެވަނަ ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓޮމާސޯ ޕޮބޭގާއެެވެ.
މެޗުގައި ޔޫވޭއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ ބޮލޯނިއާގެ ދެވަނަ ލަނޑު ކާމިޔާބުކުރިތާ 10 މިނެޓު ފަހުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓެއުން ކޫޕްމެއިނާސެވެ. މެޗުގެ ނަތީޖާ ޔޫވޭއަށް އެއްވަރުކޮށްދިން ލަނޑު އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސެމިއުލް އެމްބަންގޫލާއެވެ.
މެޗު އެއްވަރުވުމުން ޔޫވޭ އޮތީ 27 ޕޮއިންޓާ އެކު ހަވަނައިގައެވެ. ބޮލޯނިއާ އޮތީ 22 ޕޮއިންޓާ އެކު އަށްވަނައިގައެވެ.
މި މުބާރާތުގައި މި ހަފުތާގައި އެޓަލާންޓާއާއި އޭސީ މިލާން ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށް، އެޓަލާންޓާ މި ވަގުތު ވަނީ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ.
މެޗުގައި އެޓަލާންޓާގެ ދެ ލަނޑު ޗާލްސް ޑި ކެޓެލެއާއާއި އަޑެމޯލާ ލޫކްމަންއެވެ. މިލާންގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. މި ކާމިޔާބީއާ އެކު އެޓަލާންޓާ އެއްވަނައިގައި އޮތީ 34 ޕޮއިންޓާ އެކުއެވެ. މިލާން އޮތީ 22 ޕޮއިންޓާ އެކު ހަތްވަނައިގައެވެ.
އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާނާއި ޕާމާ ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކޮށްފައިވަނީ އިންޓާއެވެ.
މެޗުގައި އިންޓާއިން ކާމިޔާބުކުރި ތިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެޑެރީކޯ ޑިމާކޯއާއި ނިކޮލޯ ބަރޭލާ އަދި މާކަސް ތުރާމެވެ. މެޗުގައި ޕާމާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑަކީ އިންޓާގެ މެޓިއޯ ޑާމިއަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި ކާމިޔާބީއާ އެކު އިންޓާ މިހާރު އޮތީ 31 ޕޮއިންޓާ އެކު ތިންވަނައިގައެވެ. ޕާމާ އޮތީ 15 ޕޮއިންޓާ އެކު 12 ވަނައިގައެވެ.