އުރީދޫ މޯލްޑިވްސް އިން ސެޕްޓެމްބަރު މަހުގެ 23ވަނަ ދުވަހު ފެށި "ކޮންމެ ތިން ދުވަހަކުން ސައިކަލު ލިބޭ" ޕްރޮމޯޝަނުގައި ނޮވެމްބަރު މަހުގެ ޕީސީއެކްސް ނަސީބުވެރިޔާ ހޮވައިފިއެވެ.
"ސަން"އަށް މައުލޫމާތު ދެމުން އުރީދޫއިން ބުނީ އުރީދުގެ "ކޮންމެ ތިން ދުވަހަކުން ސައިކަލު ލިބޭ" ޕްރޮމޯޝަނުގެ ދަށުން ނިމިދިޔަ ނޮވެމްބަރު މަހުގެ ބޮޑުއިނާމު، ޕީއެކްސްގެ ނަސީބުވެރިޔާއަށް އެ ސައިކަލު ހަވާލުކޮށްފައި ވާކަމަށެވެ.
ކޮންމެ މަހެއްގައި ވެސް ބޮޑު އިނާމެއްގެ ގޮތުގައި ދެމުންއަންނަ ޕީސީއެކްސް ނޮވެމަބަރު މަހުގައި ލިބިފައި ވަނީ ށ. އަތޮޅުގެ މާއުނގޫދޫއަށް ނިސްބަތްވާ މުޙައްމަދު އަޒުމީއަށެވެ.
މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ޖުމްލަ 30 ސައިކަލު ކަސްޓަމަރުންނަށް ލިބޭއިރު، މިހާތަނަށް ވަނީ 19 ސައިކަލުގެ ނަސީބުވެރިން ހޮވާފައެވެ.
އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.
ޕްރޮމޯޝަނުގައި ބައިވެރިވުމަށް:
* އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލު ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
* އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
* އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުން.
މި ޕްރޮމޯޝަނުގައި ލިބޭ ސައިކަލުތަކުގެ ތެރޭގައި:
• އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
• އެއާ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
• ޕީސީއެކްސް160 (ކަޅު ކުލަ)
މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް މިއަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ލިބޭނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫން ބުނީ މި ޕްރޮމޯޝަނަކީ އުރީދޫގެ ފައިވްޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ ފައިވްޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.