އުރީދޫގެ ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތުގެ ފުރަތަމަ 2 ނަސީބުވެރިން ހޮވައިފި

އުރީދޫގެ ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތުގެ ނަސީބުވެރިޔެއް: އުރީދޫގެ ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތުގެ ދެ ނަސީބުވެރިން ހޮވައިފި---ފޮޓޯ/އުރީދޫ

ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތުގެ ދެ ނަސީބުވެރިން ހޮވައިފިއެވެ.

މިއީ ކޮންމެ ހަފުތާއަކު އަގުހުރި އިނާމެއް ލިބޭގޮތަށް ބާއްވާ ޚާއްސަ ގުރުއަތެކެވެ. މި ގުރުއަތުގައި ފުރަތަމަ ދެ ނަސީބުވެރިން ވަނީ ހޮވާފައެވެ.

އުރީދޫން ބުނީ، މި ގުރުއަތުގައި ބައިވެރިވެވޭނީ ހަމައެކަނި ރެހެންދި ޓާފުގައި ބަހައްޓާފައިވާ އުރީދޫ ޓެންޓުން އުރީދޫގެ ޚިދުމަތެއް އެކްޓިވޭޓްކޮށްގެން ކަމަށާއި ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ނުވަތަ ސުޕަނެޓް ކަނެކްޝަނެއް އެކްޓިވޭޓްކޮށް، ނުވަތަ އެއާފައިބާ ޕެކޭޖެއް ގަނެގެން ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އުރީދޫގެ ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތުގެ ނަސީބުވެރިޔެއް -- ފޮޓޯ/އުރީދޫ

ގޯލްޑަން ފުޓްސަލް ރަނުގޭ ފުރުސަތު ގުރުއަތުގައި ކޮންމެ ހަފުތާއަކު ވެސް ތަފާތު އިނާމުތައް ލިބޭއިރު، އޭގެ ތެރޭގައި ހިމެނެނީ:

• ސްމާޓް ޓީވީއެއް
• ރެފްރިޖަރޭޓަރެއް
• ސޯފާ ސެޓެއް
• މައިކްރޯވޭވް އަވަން
• ސްރީލަންކާއަށް ދެ ރިޓާން ޓިކެޓް

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު، ރެހެންދި ޓާފުގައި ބަހައްޓާފައިވާ އުރީދޫ ޓެންޓުގައި ޚިދުމަތް ދިނުމަށް ސްޓާފުން ހަރަކާތްތެރިވަމުންދާނެކަން ވެސް އުރީދޫން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް