އުރީދޫގެ ސައިކަލު ލިބޭ ޕްރޮމޯޝަން: ތިން މަސްތެރޭ 30 ނަސީބުވެރިންނަށް ސައިކަލު ދީފި

އުރީދޫގެ ސައިކަލު ލިބޭ ޕްރޮމޯޝަންގެ ތެރެއިން -- ފޮޓޯ/ އުރީދޫ

އުރީދޫން ކުރިއަށްގެންދިޔަ ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަންގައި ތިން މަސްތެރޭ 30 ނަސީބުވެރިން ހޮވައި، ޕްރޮމޯޝަން ނިންމައިލައިފިއެވެ.

މި ޕްރޮމޯޝަން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23ވަނަ ދުވަހުއެވެ. އަދި ޕްރޮމޯޝަން ނިންމާލައިފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

އުރީދޫގެ ސައިކަލު ލިބޭ ޕްރޮމޯޝަންގެ ތެރެއިން -- ފޮޓޯ/ އުރީދޫ

މި ޕްރޮމޯޝަންގައި އުރީދޫގެ 30 ކަސްޓަމަރަކަށް 30 ސައިކަލު ވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނުނީ:

• އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)

• އެއާ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)

• ޕީސީއެކްސް160 (ކަޅު ކުލަ)

މި ޕްރޮމޯޝަންގެ ތެރެއިން އެންމެ ނަސީބުވެރި ފަރާތަކަށް ކަނޑައަޅައިފައި ވަނީ ކަޅުކުލައިގެ ހޮންޑާ ރިބެލް ސައިކަލެކެވެ. މި ސައިކަލު ލިބޭ ނަސީބުވެރިޔާ ވެސް އާދިއްތަ ދުވަހު ވަނީ ހޮވައިފައެވެ.

މި ސައިކަލު ލިބިފައި ވަނީ އިބްރާހިމް އަފްރާ ނަކަމަށް ކިޔާ މީހަކަށެވެ.

އުރީދޫގެ ސައިކަލު ލިބޭ ޕްރޮމޯޝަންގެ ތެރެއިން -- ފޮޓޯ/ އުރީދޫ

އުރީދޫން ބުނީ މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގައި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކް ތައާރަފުކުރުމުގެ އުފަލުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއް ކަމަށެވެ. މީގެ އިތުރުން މި ޕްރޮމޯޝަނަކީ އުރީދޫ ކަސްޓަމަރުންގެ އިތުބާރާއި އެއްބާރުލުން ފާހަގަކޮށް ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް