ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 1.518 ކިލޯގެ މަސްތުވާތަކެތި --- ފޮޓޯ/ ކަސްޓަމްސް

ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވަނީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޖުމްލަ 1.518 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފައި ވާކަމަށް ބުނެފައެވެ.

މިތަކެތި އަތުލައިގެންފައި ވަނީ މިއަދު މާލޭގެ ކޮމާޝަލް ހާބަރުން ކަމަށާއި އަތުލައިގެންފައިވާ މަސްތުވާތަކެއްޗަކީ މެތަންފެޓަމިން ކަމަށްވެސް ކަސްޓަމުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުންވަނީ ރޭ ދަންވަރު 12:45 ހާއިރު ވަނީ 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައެވެ. މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާއެވެ.

https://sun.mv/199447

މި މައްސަލައާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ލަންކާގެ އެ މަސްބޯޓު އަތުލައިގަތީ މަކުނުދޫ ބޭރުން ކަމަށެވެ. އަދި އެ ބޯޓުގެ މައުލޫމާތު އެނގުނީ ރޭ ދަންވަރު 12:45 ހާއިރު އެމްއެންޑީއެފުން ރިޕޯޓުކުރުމުން ކަަމަށް ވެސް ސީޕީ ވަނީ ވިދާވެފައެވެ.

އަދި އެ ތަކެތީގެ ޕްރެލިމިނަރީ ނަތީޖާތައް ދައްކާ ގޮތުން އޭގެ ތެރޭގައި 344 ކިލޯގެ މެތު އަދި 124.6 ކިލޯގެ ކޮކެއިން ފެނިފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ.

މިއާއެކު ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނި ވިދާޅުވެފައެވެ.

comment ކޮމެންޓް