މަސްތުވާތަކެތި ޓްރެފިކްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދިވެއްސަކު ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ.
އެ ގައުމުގެ ނޫސްތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މައްސަލާގައި، އިނގިރޭސިވިލާތުން ފޮނުވި ޕްރޮޓީން ސަޕްލިމެންޓް ކޮންޓެއިނަރެއްގައި ފޮރުވާފައި ހުރި ގާތްގަނޑަކަށް ތިން ކިލޯގެ މެފެޑްރޯން އަތުލައިގެންފައިވެއެވެ.
އެއީ ކެޓަގަރީ އެކެއްގެ މަސްތުވާތަކެތި ކަމަށް ބުނެފައިވެއެވެ.
އެ މަސްތުވާތަކެތި އަތުލައިގަތީ ބެންކޮކްގެ ކޫރިއާ ފެސިލިޓީއަކުން ދިވެހި ފިރިހެނަކު އެ ޕެކޭޖު ނަގަން އުޅެނިކޮށް ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް އެ ދިވެހި މީހާގެ އެއްވެސް ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ.
މަސްތުވާތަކެތީގެ ނެޓްވޯކަކާ ގުޅުން ހުރި ތަހުގީގުތަކެއް ފުލުހުން ކުރިއަށް ގެންދާތީ އެ މީހުންގެ ނަންތައް ހަމަނުކުރީ ކަަމަށް ބެންކޮކް ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.