މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް ސަސްޕެންޑުކޮށްފިއެވެ.
ކަރެކްޝަންސްއިން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، އާސިފް ސަސްޕެންޑުކޮށްފައިވަނީ އިއްޔެއެވެ. އޭނާ ސަސްޕެންޑުކޮށްފައިވަނީ މިހާރު ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމުން، އެކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.
އާސިފް އިސްކޮށް ހުންނަވާ ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއް މިދިޔަ ޖުލައި މަހުގެ ތެރޭގައި ފެންމަތިވެފައިވާ ކަމަށް ދިވެހި އޮންލައިން ނޫހެއްގައި ރިޕޯޓުކޮށްފައިވެއެވެ.
'ދައުރު' ނޫހުގައިވާ ގޮތުން އެ މައްސަލައާ ގުޅިގެން ކަރެކްޝަންސްގެ މުވައްޒަފުން އާސިފަށް ތުހުމަތުތައްކޮށް، އެ މައްސަލަ ބަލައި ދިނުމަށް އެދިފައެވެ.
އާސިފް އޭސީޕީގެ މަގާމަށް އައްޔަންކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ސެެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ މާލޭ ޖަލު ހިންގުމުގައި އިސްކޮށް، ސުޕްރިޓެންޑެންޓްގެ މަގާމުގައެވެ.
comment ވޯލް
5 month 3 week ago
ތަނުގެ ވެރިންގެ ކޮރަޕްޝަން ހުރި ވަރު ދެން ކިހިނެތްތޯ ކުށްވެރިން އިސްލާހް ކުރާނީ. ފުރަތަމަ ކަރެކްޝަންގެ މުވައްޒަފުން އިސްލާހް ކުރެވޭތޯ އުޅެންވީ.
comment ޢަލީ
5 month 3 week ago
ޒަރީރު އާ އިބްރާހިމް ތިކަން އޮއްބާލާނެ އެދެމީހުން ފުރަތަމަ ތިތަނުން ބޭރުކުރަންވީ
comment އޮފިސަރު
5 month 3 week ago
ސަސްޕެންޑް ކުރިޔަސް ދަޢުލަތުގެ ކާރު ކޮޅު ބޭނުން ކުރެވެޔޯ
comment ދަބްރޯ
5 month 3 week ago
މިއީ އަޅެފަހެ ކަރެކްޝަނަށް ބަލަދު އަރާ މީހެއްތަ؟ ނޫނީ މީނާ ގާބިލް ނޫނީތަ؟ ނޫނީ މީނާ އެވަރުގެ މަގާމެއް އަދާކުރާވަރަށް ބުއްދި ނެތީތަ؟ ކިތައްފަހަރު، ކިތައް މައްސަލަ މީނާގެ ޖެހިއްޖެބާ؟ ކަނޑާވެސްލާފި ކުރިން. މިހާ މައްސަލަ ގިނަމިވަނީ ހަމަ މީނާއަކީ ހުދު ފޮތިކޮޅެއްވީމަތަ؟
comment ާއަލީ
5 month 3 week ago
ހާދަ ވަގު ގޮލައެކޭ ދޯ.
comment ބަށިމާ
5 month 3 week ago
ހުރިހާ ހެތްކެއް ހުށަހަޅައިގެން ވެސް ތިކަން ނިންމަން އެބަޖެހޭ.