ރާއްޖޭގެ ތާރިޚާއި ސަގާފަތާ ގުޅުން ހުރި ތަފާތު ކަންކަމުގެ މައްޗަށް އަލިއަޅުވާލައި، ގައުމީ ޔުނިވާސިޓީން 'މޯލްޑިވްސް ކަލްޗަރަލް ސެމިނާ ފޯ ޑިޕްލޮމެޓްސް' މިއަދު ބާއްވައިފިއެވެ.
އެގޮތުން، މިއަދު ހަވީރު އެ ޔުނިވާސިޓީގައި ކުރިއަށް ދިޔަ މި ސެމިނާގައި ވަނީ ރާއްޖޭގެ އެކި ކަންކަމާ ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް މައުލޫމާތު ހިއްސާކޮށްފައެވެ.
އޭގެތެރޭގައި، ތާރީޚާއި ސަގާފަތާއި ބަހުރުވައާއި ރާއްޖެއަށް އިސްލާމް ދީނުގެ ހިދާޔަތު ފެތުރުނު ގޮތާއި ސިޔާސީ ދާއިރާ ތައާރަފުވި ގޮތުގެ އިތުރުން މަޝްހޫރު ފުލޯކު ވާހަކަތަކާއި ދިވެހީން އަމަލު ކުރަމުންދިޔަ ގޮތްތަކުގެ ތަފްސީލުތައް ހިމެނެއެވެ.

މިނިސްޓަރު ޚަލީލްއާއި އެމްއެންޔޫގެ ބައެއް އިސްވެރިން: ތާރީޚުގެ މައުލޫމާތުތައް ހިއްސާކޮށް، އެމްއެންޔޫއިން "'މޯލްޑިވްސް ކަލްޗަރަލް ސެމިނާ ފޯ ޑިޕްލޮމެޓްސް" ބާއްވައިފި ---- ސަން ފޮޓޯ/ އަމަން ލަތީފް
މީގެ އިތުރުން ވެސް މި ސެމިނާގައި ދިވެހީންނާ ގުޅުން ހުރި އިތުރު ދާއިރާތަކުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ސެމިނާގައި މައުލޫމާތުތައް ހިއްސާކޮށްފައި ވަނީ މާސްޓާސް އެންޑް ޕޮލިޓިކަލް ސައިންސް އޮފް އިންޓަނޭޝަނަލް އެފެއާޒްގެ ދާއިރާއިން އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގައި ކިޔަވަމުން އަންނަ ތިން ވަނަ ބެޗުގެ ދަރިވަރުންނެވެ.
މީގެއިތުރުން، ސެމިނާ ޝަރަފުވެރިކޮށްދެއްވައި ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، އެހެން މީހުންނާ ގުޅުން ބަދަހިކުރުމަކީ އިންސާނީ ތަޖުރިބާގެ އަސާސެއް ކަމަށާއި އެހެން ގައުމުތަކާ ކުރެވޭ ސަގާފީ ބައްދަލުވުންތަކުން އެ ގައުމުތަކުގެ މެދުގައި އިހްތިރާމާއި އެއްބައިވަންތަކަން އުފޭދޭނެ ކަމަށެވެ.

މިނިސްޓަރު ޚަލީލް: ތާރީޚުގެ މައުލޫމާތުތައް ހިއްސާކޮށް، އެމްއެންޔޫއިން "'މޯލްޑިވްސް ކަލްޗަރަލް ސެމިނާ ފޯ ޑިޕްލޮމެޓްސް" ބާއްވައިފި ---- ސަން ފޮޓޯ/ އަމަން ލަތީފް
އެގޮތުން، ދިވެހީންގެ ތަރިކައާއި އުސޫލުތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަކީ ރާއްޖޭގެ އިގްތިޞާދީ ތަރައްގީއާއި ބައިނަލްއަގުވާމީ ގުޅުންތަކަށް ބާރުއަޅާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ޑިޕްލޮމަސީގެ ތެރެއިން ފެތުރިގެންދާ ރީތި ސިފަތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އިންވެސްޓަރުން މި ގައުމަށް ޝައުގުވެރިކަން އުފެދޭކަން ޚަލީލް ވަނީ ފާހަގަކުރައްވާފައެވެ.

ދަރިވަރެއް ޕްރޮޒެންޓޭޝަން ހުށަހަޅަނީ: ތާރީޚުގެ މައުލޫމާތުތައް ހިއްސާކޮށް، އެމްއެންޔޫއިން "'މޯލްޑިވްސް ކަލްޗަރަލް ސެމިނާ ފޯ ޑިޕްލޮމެޓްސް" ބާއްވައިފި ---- ސަން ފޮޓޯ/ އަމަން ލަތީފް
ކޮންމެ ދަރިވަރަކީވެސް މި ޤައުމުގެ މުސްތަޤްބަލުގެ އެންބެސެޑަރެއްކަން ފާހަގަކުރައްވައި މިނިސްޓަރު ޚަލީލް ވިދާޅުވީ، ކޮންމެ ދަރިވަރަކު ވެސް އިޚްތިޔާރުކުރާ ދާއިރާއެއްގައި ޤައުމު ތަމްސީލުކުރާނެ ކަމަށެވެ.
އެ ދާއިރާއެއް ތަމްސީލު ކުރާއިރުގައި، ރާއްޖޭގެ ތާރީޚީ ވާހަކަތަކާއި ސަގާފަތް ކުރިއެރުވުމަށާއި މި ގައުމަށް އިޙްތިރާމު ހޯދައި، ތަރިކަތައް އާލާކުރުމަށް އޭނާ ވަނީ ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ.