ރޭ ގއ. ގެމަނަފުށީ ބޭސް ފިހާރައަކުން ބޭހެއް ނުލިބިގެން ފާމަސީގައި ހުރެ ހިތްހަމަނުޖެހުން ފާޅުކުރުމުން ބިރުގަތް ފާމަސިސްޓަކަށް ފަރުވާ ދީފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތެއްގައި ބުނީ ބޭހެއް ނުލިބިގެން ހިތްހަމަނުޖެހުން ފާޅުކުރި މައްސަލައެއް ރޭގައި ރިޕޯޓުކުރި ކަމަށެވެ.
ހިތްހަމަނުޖެހުން ފާޅުކުރި ގޮތުގެ ސަބަބުން ފާމަސިސްޓު ބިރުގަނެ އޭނާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިން ކަމަށާއި، އެއަށްފަހު ރޭ އެ މީހާ މަރުކަޒުން ދޫކޮށްލައިފައިވާ ކަމަށް ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި ފާމަސީއަށް ބޭސް ހޯދަން ވަނީ އަންހެނެކެވެ. އޭނާ އަތުގައި އެ ވަގުތު މަރުތޭލެއް އޮތް ކަމަށް ވެސް ވެއެވެ.
އެ މައްސަަލަ ތަހުގީގުކުރަމުން އަންނަކަަމަށް ފުލުހުން ވަނީ ބުނެފައެވެ.