ކޮއްތުމީން ދެ ފްލޭވާއެއްގެ ކޮރެއަން ރާމެން ރާއްޖެއަށް ތައާރަފުކޮށްފި

ކޮއްތުމީން ދެ ފްލޭވާއެއްގެ ކޮރެއަން ރާމެން ރާއްޖެއަށް ތައާރަފުކުރުން -- ސަން ފޮޓޯ/ މުހައްމަދު ހަމްޒާ

ކޮއްތުމީން ދެ ފްލޭވާއެއްގެ ކޮރެއަން ރާމެން ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފިއެވެ.

މި ދެ ފްލޭވާއަކީ ފަޔަރީ ޗިކެން އަދި ފަޔަރީ ޗީޒެވެ. ކޮއްތުމީގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓް ކުރަނީ ފެންސީ ފުޑްސްގެ ފަރާތުންނެވެ.

މިކަމާ ގުޅިގެން ފެންސީ ފުޑްސްގެ ޑިރެކްޓަރު އަލީ ޝިޔާޒް ވިދާޅުވީ، މިހާރު ވެސް ފެންސީ ފުޑްސްގެ އައުޓްލެޓްތަކުން ކޮރެއަން ރާމެން ފަޔަރީ ޗިކެން ލިބެން ހުންނާނެ ކަމަށެވެ.

"ޗީޒް ފްލޭވާއަކީ މިއަދުން ފަށައިގެން އަޅުގަނޑުމެން ލޯންޗުކުރާ އެއްޗެއް. މި ޕްރޮޑަކްޓް ލިބޭނެ ގާތްގަނޑަކަށް 10 ނުވަތަ 15 ދުވަސްތެރޭ ފިހާރަތަކުން،" ޝިޔާޒް ވިދާޅުވިއެވެ.

ކޮއްތުމީން ދެ ފްލޭވާއެއްގެ ކޮރެއަން ރާމެން ރާއްޖެއަށް ތައާރަފުކުރުން -- ސަން ފޮޓޯ/ މުހައްމަދު ހަމްޒާ

ފެންސީ ފުޑްގެ އައުޓްލެޓްތައް އައްޑޫއާއި މާލޭގެ އިތުރުން ހުޅުމާލޭގައި ހުންނާނެއެވެ. މީގެ އިތުރުން، ސުޕަ މާކެޓްތަކުންނާއި ފިހާރަތަކުން ވެސް މި ޕްރޮޑަކްޓްތައް ލިބޭނެއެވެ.

ޕްރިމާ ކޮއްތުމީ ސްރީ ލަންކާގެ ޖެނެރަލް މެނޭޖަރު ސަންޖިތް ގުނަރަޓްނެ ވިދާޅުވީ، ކޮރެއަން ރާމެންއަކީ ރާއްޖޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބާވަތެއް ކަމަށެވެ. އަދި ކޮއްތުމީ ހޮޓް އެންޑް ސްޕައިސީ ވެސް ދިވެހިންގެ މެދުގައި މަގުބޫލު ވުމުން، މިއީ ދިވެހިންނަށް ކަމުދާނެ ޕްރޮޑަކްޓަކަށް ވާނެކަމަށް އުއްމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮއްތުމީ ކޮރެއަން ރާމެންގައި ބޭނުންކޮށްފައި ހުންނާނީ ސީދާ ކޮރެއާގެ ރަހަތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮއްތުމީން ދެ ފްލޭވާއެއްގެ ކޮރެއަން ރާމެން ރާއްޖެއަށް ތައާރަފުކުރުން -- ސަން ފޮޓޯ/ މުހައްމަދު ހަމްޒާ

ކޮއްތުމީ ކޮރެއަން ރާމެން ވިއްކާނީ އެހެން ބްރޭންޑުތަކުގެ އެފަދަ ޕެކެޓުތަކަށް ވުރެ ހެޔޮ އަގެއްގައި ކަން ޝިޔާޒް ފަހަގަކުރެއްވިއެވެ.

"އެހެން ނޫޑްލްސްއާ ކޮމްޕެއާ ކުރާއިރު ވަރަށް ބޮޑަށް އަގު ހެޔޮވާނެ. އަގު އުޅޭނީ 30 ނުވަތަ 40 ޕަސަންޓު ދަށްކޮށް،" ޝިޔާޒް ވިދާޅުވިއެވެ.

ރާއްޖެއަށް ފުރަތަމަ ކޮއްތުމީ ތައާރަފުކުރީ 2008ވަނަ އަހަރެވެ. މި ނޫޑްލްސް ފެންސީ ފުޑްސްއަށް ފޯރުކޮށްދެނީ ސިންގަޕޫރުގެ ޕްރިމާ ކުންފުނީގެ ފަރާތުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް