މާލޭގައި ހުންނަ ކަނބާގެ ފިހާރަތަކުން ނުލިބޭ, އިތުރު އައިޓަމްތަކެއް ހިމަނައިގެން ހުޅުމާލޭގައި ކަނބާގެ އިތުރު ފިހާރައެއް ހުޅުވައިފިއެވެ.
ހުޅުމާލޭގެ ނިރޮޅުމަގުގެ ކޮރަލް ވިއު އަށެއް ކުރިމަތީ ހުންނަ މި ފިހާރައިން ކަނބާގެ އެހެން ފިހާރަތަކުން ލިބޭ އައިޓަމްތައް ވެސް ލިބެެން ހުންނާނެއެވެ. މިގޮތުން، ފައިވާނާއި ގޭތެރޭގައި ބޭނުން ކުރާ ބައެއް ސާމާނުތަކާއި އަންހެނުންގެ ހެދުމާއި ރީތިވާން ބޭނުން ކުރާ ސަމާނުގެ އިތުރުން ކުޑަކުދިންގެ ސާމާނު ލިބެން ހުންނާނެއެވެ.

ކަނބާ ފިހާރަ: މާލެއަށް ފަހު، ހުޅުމާލޭގައި ވެސް ވަނީ ކަނބާގެ ފިހާރާއެއް ހުޅުވައިފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު
ކަނބާގެ މި ފިހާރައިން އެންމެ ގިނައިން ވިކެނީ އަންހެނުންގެ ހެދުމެވެ.
ކަނބާ ފިހާރައިގެ ގިނަ އުފެއްދުންތަކެއް ވަރަށް ހެޔޮ އަގުތަކުގައި ލިބެން ހުރެއެވެ. އެގޮތުން، ފިހާރައިގައި ވިއްކާ އުފެއްދުންތަކުގެ ތެރެއިން އެންމެ އަގު ހެޔޮކޮށް ވިއްކަނީ އަންހެނުންގެ ތަފާތު ހެދުންތަކެވެ. މި ހެދުންތައް އާންމުކޮށް 200 ރުފިޔާއިން ދަށުގެ އަގުތަކަށް ލިބެން ހުރެއެވެ.

ކަނބާ ފިހާރަ: ހުޅުމާލޭގައި ހުންނަ މި ފިހާރައިން ތަފާތު ވައްތަރުގެ ސެންޓުތައް ވެސް ލިބެން ހުންނާނެ -- ސަން ފޮޓޯ/ ނާއިޝް ނާހިދު
އެ ފިހާރައިން ބުނާ ގޮތުން، މާލޭ ފިހާރަތަކުން ނުލިބޭ ބައެއް އުފެއްދުންތައް ހުޅުމާލޭގައި ހުޅުވި ފިހާރައިން ލިބެން ހުންނާނެއެވެ. އޭގެތެރޭގައި، އޮއިލް ޕާފިއުމްއާއި ރީތިވާން ބޭނުންކުރާ އިތުރު ބައެއް ސާމާނުތައް ވެސް ލިބެން ހުންނާނެއެވެ.

ކަނބާ ފިހާރަ: މި ފިހާރައިގެ އެންމެ ޚާއްސަ ކަމަކީ ގިނަ އައިޓަމްތަކެއް ހެޔޮ އަގުގައި ލިބެން ހުރުން -- ސަން ފޮޓޯ/ ނާއިޝް ނާހިދު
އެހެންކަމުން، އަންހެނުންނަށް ބޭނުންވާ ސާމާނުތައް އަގުހެޔޮކޮށް، އެއް ތަނަކުން ގަތުމަށް ކަނބާ ފިހާރަވަރެއް ނޯންނާނެއެވެ. އަދި، މިފިހާރައިން 350 ރުފިޔާގެ މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް ބޯޓުތަކަށް ހިލޭ ޑެލިވަރީ ކޮށްދޭއިރު، ބޯޓުތަކުގެ ނާލު ވެސް ހިލޭ ދައްކައިދޭނެއެވެ.

ކަނބާ ފިހާރަ: މި ފިހާރައިން އަންހެނުންނާއި ފިރިހެނުންގެ އަންނައުނު ލިބެން ހުންނާނެ -- ސަން ފޮޓޯ/ ނާއިޝް ނާހިދު
ކަނބާ ފިހާރައަކީ ހެޔޮ އަގެއްގައި ވިޔާފަރިކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް 'އެއްވަނަ'އިގެ ފިހާރައަކަށްވާއިރު، މިތަނަކީ އަޖުމަ ބަލައިނުލާ ދޫކޮށްލާ ވަރުގެ ފިހާރައެއް ނޫނެވެ.
ކަނބާ ފިހާރައިގެ އުފެއްދުންތަކާ ގުޅޭ އިތުރު މައުލޫމާތު ފޭސްބުކާއި އިންސްޓަގްރާމުން ވެސް ލިބޭނެއެވެ.