އުރީދޫގެ ސައިކަލު ލިބޭ ޕްރޮމޯޝަންގައި އަށް ނަސީބުވެރިން ހޮވައިފި

އުރީދޫގެ އިމާރާތް: އެ ކުންފުނިން ސައިކަލު ލިބޭ ޕްރޮމޯޝަންގައި އަށް ނަސީބުވެރިން ހޮވައިފި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މިދިޔަ މަހުގެ 23ގައި އުރީދޫއިން ފެށި ކޮންމެ ތިން ދުވަހަކުން ސައިކަލު ލިބޭ ޕްރޮމޯޝަނުގައި އަށް ނަސީބުވެރިން މިހާތަނަށް ހޮވާފައި ވާކަމަށް އެ ކުންފުނިން ބުނެފައެވެ.

އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮމޯޝަނުގައި ޖުމުލަ 30 ސައިކަލު ކަސްޓަމަރުންނަށް ލިބޭއިރު، އަދި 22 ސައިކަލެއްގެ ނަސީބުވެރިން ހޮވުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

އުރީދޫ ހުރިހާ ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. އުރީދޫ އަކީ ރާއްޖޭގެ 60 ޕަސަންޓު ކަވަރުކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކެވެ.

އެ ކުންފުނިން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ކޮންމެ ތިން ދުވަހަކުން ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭއިރު، ލިބޭ ސައިކަލުތަކުގެ ތެރޭގައި ހިމެނެނީ:

• އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)

• އެއާ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)

• ޕީސީއެކްސް160 (ކަޅު ކުލަ)

މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް މި އަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ލިބޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އުރީދޫ ކަސްޓަމަރެއް ނަމަ 30 ދުވަހުގެ ތެރޭގައި 250އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުން ކުރުރެވިދާނެއެވެ.

އަދި އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމާއި އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުމުން މި ޕްރޮމީޝަނުގައި ބައިވެރިވެވޭނެއެެވެ.

މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް