ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ވެރިއަކަށް ކުރިން ހުންނެވި ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާއިން ގަތް ކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް އަތުލުމުން، އެ ކަމާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ރިވިއުކޮށްދޭން އެދިއްޖެއެވެ.

ފުލުހުން ތުހުމަތުކުރި ގޮތުގައި ބައްސާމް އަމިން އެވެނިއުއިން ދެ ފުލެޓު ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެންނެވެ. އެ ކަމަށް އެފްއޭއެމްގެ ފަައިސާއިން 3،084،000 ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި އެ ދެ އެޕާޓްމެންޓް އޭނާގެ އަތުން ނެގުމަށް އަމުރުކުރީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުންނެވެ.
އެއާ އެކު އަމީން އެވެނިއުއިން ބައްސާމް ގަތް ދެ އެޕާޓްމަންޓް ވެސް މި މަހުގެ އަށްވަނަ ދުވަހުގެ 12:00 ގެ ކުރިން ފުލުހުންނާ ހަވާލުކުރަން އެންގިއެވެ. އެއީ، ފަހުން މުއްދަތު އެއް ދުވަހަށް އިތުރުކޮށްދިނުމަށް ފަހުގައެވެ. އެ ދެ އެޕާޓްމަންޓު އޭނާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
ބައްސާމް ވަނީ އެ އަމުރު އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހަޅާފައެވެ. އެކަމަކު، މިދިޔަ ބުދަ ދުވަހު ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.
ހައިކޯޓުން މިއަދު ވަނީ، އެ ނިންމުން ރިވިއުކޮށްދިނުމަށް ބައްސާމްގެ ފަރާތުން އެދިފައިވާ ކަމަށް ބުނެފައެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި ބައްސާމް މި ދެ އެޕާޓްމަންޓް ގަތީ ކޮވިޑު-19ގެ ދުވަސްވަރު ދިވެހި ފުޓުބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަންނަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން ދިން ލޯން އެހީގެ ފައިސާއިންނެވެ.
އެ ފައިސާއިން އެއް މިލިއަން ޑޮލަރު އަމީން ކޮންސްޓްރަކްޝަންސްއަށް ބައްސާމް ދެއްކި ކަމަށް ފުލުހުން ބުނެއެވެ.
އެއީ، ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ދައްކަން މަސައްކަތްކުރި ކަމަށާއި އެކަމަކު، އެ އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ބައްސާމްގެ އިތުރުން، އަމީން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ ފައިނޭންސް ހެޑްގެ މަގާމުގައި އޭރު ހުންނެވި މުހައްމަދު އަގީލާއި އޭރު އެ އެސޯސިއޭޝަންގައި އިސްކޮށް މަސައްކަތްކުރެއްވި ހަސަން ވަހީދުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ވަނީ ފޮނުވައިފައެވެ.
އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މި ނޫން ވެސް ގިނަ ތުހުމަތުތަކެއް ބައްސާމަށް ކުރެވޭއިރު، އޭނާ އެ ތުހުމަތުތަކަށް އިންކާރުކުރެއެވެ.
comment ފިރާގު
5 month 5 day ago
މިވެސް ބޮލުގެ ރިހުމެއް. މައްސަލަ ނިމެންދެން ގޮޅީގަ ބާއްވަންވީ. ހިޔާނާތްތެރިވިކަން ސާފުކަމަށް ފުލުހުން ބުނަނީ. ނުވާނެތާ، ގައްސާނުގެ އާއިލީ ކޮއްކޯފުޅުކޮޅެއް މިއީ. މަގޭ ނަމަ މިހާރު އޮންނާނީ އެންމެ ހަނި އެންމެ ލާ އިންސާނީ ގޮޅީގަ. އެއީ ފައިސާއެއް ނެތް، ސިޔާސީ މީހެއް ނޫން، ހައްގު ބަސް ބުނާތީ
comment ޕުރޫސްލާފަ އަތައް ގޮވީ
5 month 5 day ago
ކޯއްޗެއްތަ ބަލަންވީ. ޢަފުރާދު އެޕާޓަންގަނެގެން ހުރީ އިލިޔާސް އެންމެފަހުން ހެދިގެއިން. ދަނގަޑޭވެސް ހަމަ އެއިމާރާތުން. މުހައްޓެ ތުނބުޅި ބިންމަތީ ކޭއްތެނީ. ދަނގަޑޭ ހުރީ އަދުރޭގެ ގެ ބަލަހައްޓަން. ތިކަމުގަ އުޅޭމީހުންގެ ތެރޭ އުޅޭ މުރާދު ހުރީ އެސްޓީއޯ ބޯޑުގެ އެންމެ މަތީގަ. އެގެވެސް އެހެރީ 10ބުރިޔައް ކޮޅައްޖަހާފަ. ބައްސާމު އެކަންޔެއްނޫނޭ ކެއީކީ. ޢެމީހުންގެ ނިވާފަޔްގަނޑަކައް ހުރި ޕީޖީ ސަމީމް މިހާރަކުނެތް. އިތުރައް ކަންކަން ބަލަންޔާ އިތުރައްވާނީ ބޭޒާރޭ. މަޑުމަޑުން ހުރެބަލަ ދެންވެސް. ޢެހެން މީހުންވެސް އެތިބެނީ މިސަރުކާރުގެ ނިވާފަތްގަނޑުގަ. ކަލޯވެސް ކޮންމެސް މީހެއްގެ ނިވަލައްވަދޭ. ނިވާވާނީވެސް ކިހިނެއް ކޭކޭނުންތިހުރީ ބޮޑު ރިކާބީއެއްހެން ކޮންމެ ތާކައްފިލަންވަނަސް ފެންނާނެ
comment ދެން؟
5 month 5 day ago
ވައްކަންކުރީމަވެސް މީނަޔަށް ފަސޭހަކޮށްދޭން ޖެހެނީ ކީއްވެ؟