އޮޑިޓާ ޖެނެރަލްގެ އޮފީހަށް 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އޮޑިޓަރު ޖެނެރަލް: އެ އޮފީހަށް 114 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައި --- ސަން ފޮޓޯ/ އަޙްމަދު އައިމަން އަލީ

އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންނަ އަހަރަށް 114.4 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެ ގޮތަށް ބަޖެޓު ފާސްކޮށްފައިވަނީ މާލިއްޔަތު ކޮމިޓީން ނިންމި ގޮތަށް އިތުރު އެއްވެސް ބަދަލެއް ނުގެނެހެވެ.

ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމުގެ ކުރިން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓު ހުށަހަޅަންޖެހޭނެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި ބަޖެޓަށް މާލިއްޔަތު ކޮމިޓީން ގެނައި ބަދަލުތަކާ އެކު މަޖިލީހަށް ހުށަހަޅާފައެވެ. އެ ގޮތުން، މަޖިލީހަށް ހުށަހެޅީ 114،497،312 ރުފިޔާގެ ބަޖެޓެކެވެ.

އޭގެ ތެރެއިން ރިކަރަންޓު ޚަރަދުގެ ޖުމުލައަކީ 80 މިލިއަން ރުފިޔާއެވެ.

މާލިއްޔަތު ކޮމިޓީން އެ ބަޖެޓު ފާސްކުރީ ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލިސް: މަޖިލީހުން ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހަށް 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައި -- ފޮޓޯ/ މަޖިލިސް

މަޖިލީހަށް މިއަދު އެ ބަޖެޓު ހުށަހެޅުމުން މަޖިލީހުގެ ތަޅުމުގައި ވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓާ ގުޅޭ ގޮތުން ބަހުސްކުރެއްވީ މަދު މެންބަރެކެވެ.

ފާހަގަކޮށްލެޥޭ ގޮތުގައި ނާޒިލް ވެސް ވަނީ މާލިއްޔަތު ކޮމިޓީން ނިންމި ގޮތަށް އޮޑިޓް އޮފީހުގެ ބަޖެޓު ފާސްކުރަން ތާއީދުކުރައްވާފައެވެ.

އޮޑިޓް އޮފީހުގެ ބަޖެޓު ފާސްކުރަން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެން 75 މެންބަރުންގެ އިއްތިފާގުން ވަނީ އެ ބަޖެޓު ފާސްކޮށްފައެވެ.

comment ކޮމެންޓް