ރ. އަލިފުށި ކަނޑުއޮޅި ކައިރިއަށް މަސް ހިފަން މޫދަށް ފޭބި މީހަކު ކަނޑު އަޑީގައި މަރުވެފައި އޮއްވައި މިއަދު ނަގައިފިއެވެ.
އެ ޒުވާނާ މަސް ހިފަން މޫދަށް ދިޔައީ މެންދުރު ކުރިންނެވެ.
މި ހާދިސާގައި މަރުވެފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ އަލިފުށި ކައިރިން މަސް ހިފަން މޫދަށް ފޭބީ އިތުރު ދެ މީހުންނާ އެކުގައެވެ. އޭނާ މައްޗަށް ނާރާ، އަޑީގައި އޮތް ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މެންދުރު 12:08 އެހާކަންހާއިރެވެ.
އެ މީހާ ނަގައިގެން އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންނެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
comment އާދަމް
5 month 1 week ago
މަސްހިފަން ތޯ މަސް މަރަންތޯ؟ މިފަދަ ހިތާމަވެރި ޚަބަރުތަކަށްވެސް މިފަދަ ކޮމެންޓުކުރަން މި ޖެހެނީ ގޯސްކޮށް ލިޔެފައި އޮންނާތީ. އެއީ ދުވެދުވެ އިންނަ މަހެއްގެ ގައިގައި ޚާއްސަކޮށް ދުވާ މަހެއްގެ ނަގުލުގައި ނުހިފޭނެތީ.