ކުޑަ ބަޖެޓަކުން ފައިދާ ހުރި ކާނާ ގަންނާނީ ކިހިނެއް؟

ބާޒާރުކުރަން ދިއުމުގެ ކުރިން ގަންނަން ބޭނުންވާ ތަކެތީގެ ލިސްޓެއް ތައްޔާރުކުރުމަކީ ޙަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް

ސިއްހަތަށް ސަމާލުކަން ދޭން ބޭނުންވެއެވެ. އެކަމަކު، ސިއްހީ ގޮތުން ރަނގަޅު އެއްޗެހީގެ އަގު މާ ބޮޑެވެ. ކުޑަކުޑަ ފައިސާ ކޮޅަކުން ސިއްހަތަށް ފައިދާހުރި އެއްޗެއް ހޯދުމަކީ ދަތި ކަމެކެވެ.

އާއްމުކޮށް 'ހެލްތީ ކެއުމެއް' ނުވަތަ ސިއްހަތަށް ފައިދާހުރި ކާނާގެ ވާހަކަ އަޑު އިވުމާ އެކު ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ވެސް އެއީ ވަރަށް ބޮޑު ޚަރަދެއް ކޮށްގެން ނޫނީ ނުވާނެ ކަމެއް ކަމަށެވެ. ނަމަވެސް، ލިބޭ އާމްދަނީ ކުޑަ ނަމަވެސް ނުވަތަ ވަރަށް 'ޓައިޓް ބަޖެޓަކުން' ވެސް ސިއްހަތަށް ފައިދާ ހުރި ކާނާ ކޮންމެ ވެސް މިންވަރަކަށް ގެއަށް ގަނެވިދާނެ ގޮތްތަކެއް އެބަހުއްޓެވެ.

ޚަރަދު ކުޑަކުރުމުގެ އިތުރުން ވަގުތު ސަލާމަތް ކުރުމަށް ވެސް މީލް ޕްރެޕް ކުރުމަކީ ލިބޭ ވަރަށް ބޮޑު އެހީއެއް--ފޮޓޯ/ޕިންޓްރެސްޓް

މިގޮތުން ސަމާލުކަން ދެވިދާނެ ކަންކަމުގެ ތެރޭ ކުރިއަށް އޮންނަ ދުވަސްތަކުގެ ކެއުންތައް ޕްލޭންކޮށްލެވިދާނެއެވެ. އެއަށް ފަހު އެ ކެއުންތަކަށް ބޭނުންވާ ތަކެތީގެ ލިސްޓެއް ތައްޔާރުކުރުމަށް ފަހު ބާޒާރުކުރެވިދާނެއެވެ. މި ލިސްޓަށް ބާޒާރު ކުރުމުގައި ލިސްޓުގައި ނެތް އެހެން ތަކެތި ގަތުމުގެ ވިސްނުން ނުގެންގުޅުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

ބާޒާރަށްދާއިރު ހުސްބަނޑާހުރެގެން ވިޔަފާރިކުރަން ނުކުތުމަކީ ވެސް ބޭކާރު ޚަރަދުކުރުމަށް މަގުފަހިކުރުވާ ކަމެކެވެ. މިފަދަ ދަނޑިވަޅެއްގައި ސިއްހަތަށް ފައިދާނެތް ކެއުންތައް ކާން ބޭނުންވުމުގެ ފުރުސަތު ބޮޑުވާނެތީ ބާޒާރަށްދާން ނުކުތުމުގެ ކުރިން ކޮންމެ ވެސް ވައްތަރެއްގެ މޭވާއެއް ނުވަތަ ޔޯގަޓެއް ކަހަލަ އެއްޗެއް ކެވިދާނެއެވެ.

ބޭނުންވާ ތަކެތި ތަންކޮޅެއް ގިނައިން އެއްފަހަރާ ގަނެލުމަށްފަހު ގޭގައި ރައްކާކުރުމުން ވެސް ޖީބަށް ބައެއްފަހަރު ލުއިވޭ--ފޮޓޯ/ޕިންޓްރެސްޓް
ބައެއް ކަހަލަ ކެއުންތަކަކީ ޕްރޮސެސްޑް ނުކޮށްހުންނައިރު މާ ހެޔޮ އަގުގައި ލިބޭ ތަކެތި ކަމަށްވުމުން މިއީ ވެސް ސަމާލުކަންދެވިދާނެ ކަމެކެވެ. މިސާލަކަށް ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުންނަ ޝްރެޑެޑް ޗީޒް ޕެކެޓެއްގެ ބަދަލުގައި ޝްރެޑްނުކޮށް ހުންނަ ޗީޒް ބްލޮކް ގަނެވިދާނެއެވެ. ހަމައެއާ އެކު ޕްރޮސެސްކޮށްފައި ހުންނަ ކާނާ އެއްގޮތަކަށް ވެސް ބޭނުންނުކުރަން ނިންމިދާނެއެވެ.

ސަމާލުކަން ދެވިދާނެ ކަންކަމުގެ ތެރޭ ސޭލް އަޅުވާފައި އޮންނަ ދުވަސްވަރު ބާޒާރުކުރުމާ އެކު ތަރުކާރީ އަދި މޭވާއަށް ޚާއްސަ މޫސުމުގައި ބާޒާރުކުރުން ހިމެނެއެވެ. ފިނިކޮށް ގަނޑުކޮށްފައި ހުންނަ ތަރުކާރީއާއި މޭވާއަކީ ވެސް ވަރަށް ދިގު މުއްދަތަކަށް ބޭނުންކުރެވޭ ބާވަތްތައް ކަމުން ޚަރަދު ކުޑަކުރުމުގެ ގޮތުން މިއީ ވެސް ކުރެވިދާނެ ކަމެކެވެ.

comment ކޮމެންޓް