އީސީގެ އޮފީސް ހިންގަން އާ އިމާރާތެއް ހޯދަނީ

އީސީގެ މެންބަރުންތަކެއް: އިލެކްޝަން ކޮމިޝަން ހިންގަން މާލޭން 10 އަހަރަށް އިމާރާތެއް ހޯދަނީ ---- ފޮޓޯ/ އީސީ

އިލެކްޝަން ކޮމިޝަން (އީސީ) ހިންގަން 10 އަހަރު ދުވަހަށް މާލޭގެ އިމާރާތެއް ކުއްޔަށް ދޫކުރާނެ ބަޔަކު ހޯދުމަށް އިއްޔެ އިއުލާނުކޮށްފިއެވެ.

އީސީން ކުރި އިއުލާނުގައި ބުނީ، އެ ކޮމިޝަން ހިންގުމަށް އިމާރާތެއް ކުއްޔަށް ދޫކުރާނެ މީހެއް ބޭނުންވާ ކަމަށެވެ. އެގޮތުން، އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 28ވާ ހޯމަ ދުވަހުގެ 13:30ގައި ހިލާލީ މަގުގައި ހުންނަ އީސީ ހިންގާ ޕޯޓް ކޮންޕްލެކްސްގެ ފަސްވަނަ ފަންގިފިލާގައެވެ.

ހުށަހަޅާ ބީލަންތައް ހުންނަން ވާނީ ސިޓީ އުރައެއްގައި ބަންދު ކުރެވިފައި ކަމަށާއި ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ނަމާއި ޕްރޮޖެކްޓު ނަންބަރާއުި ހުޅުވަން ކަނޑައަޅާފައިވާ ތާރީޚުގެ އިތުރުން ކޮންޓެރެކްޓަރުގެ ނަން ލިޔެވިފައި އޮންނަން ޖެހޭނެ ކަމަށް އީސީން ބުނެފައިވެއެވެ.

އެ އިއުލާނުގައި ހިމަނާފައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތުން، އީސީން ހޯދަނީ މަދުވެގެން 13،500 އަކަފޫޓުގެ މާލޭގެ އިމާރާތެކެވެ.

އެގޮތުން، އެ އިމާރާތަކީ ހަތަރު ފުރޮޅުލީ އުނޅަދުތަކަށް ފަސޭހައިން ވަދެވޭނެ އިމާރާތަކަށް ވާންވާނެ ކަމަށާއި އެ ކޮމިޝަނަށް ޚިދުމަތް ހޯދަން އަންނަ މީހުންނަށް ފަސޭހައިން ވަދެވޭ ގޮތަށް ހުރި އިމާރާތެއް ކަމަށް ވާން ޖެހޭނެ ކަމަށް އެ ކަރުދާހުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ކުއްޔަށް ދޫކުރާ ފަންގިފިލާތަކުގައި އެ ކޮމިޝަން ނޫން އިތުރު އޮފީހެއް ހުރެގެން ނުވާނެ ކަމަށާއި މަދުވެގެން ގްޜައުންޑް ފްލޯ ނޫން ނަމަ މަދުވެގެން ހަ މީހުންގެ ޖާގަައިގެ ލިފްޓު ހަރުކޮށްފައި ހުންނަ އިމާރާތަކަށް ވާން ޖެހޭނެ ކަމަށް އެ ކަރުދާހުގައި ބުނެފައިވެއެވެ.

comment ކޮމެންޓް